ސުނީތާ އުފަންވެފައިވަނީ 28 މެއި 1977 ގައެވެ. އެގޮތުން ސުނީތާއަށް މިއަދު 44 އަހަރު ފުރިފައިވާއިރު، އޭނާ ވަނީ ޕްރިޔަންކާ އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވައި ކޮށްފައިވާ މެސެޖެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އެ މެސެޖުގައި ޕްރިޔަންކާ ވަނީ ސުނީތާއަށް އުފާވެރި އުފަންދުވަހަކަށް އެދިފައެވެ. މެސެޖު ޓުވިޓާގައި ހިއްސާކުރަމުން ސުނީތާ ވަނީ އުފަންދުވަހުގެ ތަހުނިޔާ ފޮނުވުމުން ޝުކުރު އަދާކޮށްފައެވެ. އަދި ޕްރިޔަންކާ އަކީ އޭނާގެ "ސްޓްރެންތް" ކަން ފާހަގަކޮށް ސުނީތާ ވަނީ އޭނާގެ ހިތުގައި ޕްރިޔަންކާ އޮތް ރަހުމަތްތެރިކަމުގެ ލޯބި ހާމަކޮށްފައެވެ.
ސުނީތާ އަކީ ޕްރިޔަންކާގެ އެންމެ ބޮޑު "ފޭން" ނުވަތަ ސަޕޯޓަރުކަމަށް އޭނާ ބުނެއެވެ. ސުނީތާ ވަނީ މީގެ ކުރިން ޕްރިޔަންކާއާ ދިމާވެސް ވެފައެވެ.
ޕްރިޔަންކާއާ އެއްގޮތަށް ހެދުން އެޅުމާއި އެއް ފެޝެނެއް ގެންގުޅުމަކީ ޕްރިޔަންކާއަށް ސަޕޯޓުކުރުމުގެ ގޮތުން ސުނީތާ ކޮށް އުޅޭ ކަމެކެވެ.