ads
އަމާޒު ބޯޓު---ފޮޓޯ:ށ.ނަރުދޫ ބްލޮގް
ނަރުދޫ އަމާޒު ބޯޓުގެ ފަޅުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ށ. ނަރުދޫ އަމާޒު ބޯޓުގެ ފަޅުވެރިއަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ނަރުދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު މުސްތަފާ މޫސާ ވިދާޅުވީ އަމާޒު ބޯޓު މާލެ ދަތުރުކުރުމަށް ފަހު އެނބުރި ރަށަށް ގޮސްފައިވަނީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ. މުސްތަފާ ވިދާޅުވީ ރަށަށް ދިއުމަށް ފަހު ބޯޓުގެ އެންމެހާ ފަޅުވެރިން ތިބީ ރަށު ފަޅުތެރޭގައި ކަރަންޓީނުވެގެން ކަމަށެވެ.

އެ ބޯޓުން ޕޮޒިޓިވް ވެފައިވަނީ އަލާމާތްތައް ހުރެގެން ޓެސްޓުކުރި ފަޅުވެރިއެކެވެ. ޕޮޒިޓިވްވި މީހާ ރަށުން އެއްވެސް ބަޔަކާ ދިމާވެފައިނުވާ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ އިތުރަށް ވިދާޅުވީ މިކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން އެރަށުގެ ކޮވިޑް-19 ޓާސްކް ފޯސް އާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެހެންތަނަކުން އެންމެ ފުރަތަމަ ކޮވިޑް19 ގެ ކޭސްއެއް ފެނިފައިވަނީ ނަރުދޫ އަމާޒު ބޯޓުންނެވެ. އަމާޒު ބޯޓުގެ ކައްޕި ޕޮޒިޓިވްވެ، އެ ކްލަސްޓާގައި ޖުމްލަ 11 މީހަކަށް ބަލި ޖެހިފައިވެއެވެ. ބަލި ޖެހުނު މީހުންނަކީ އަމާޒު ބޯޓުގެ ކައްޕިއާއި އޭނާގެ އައިލާގެ ތިން މީހުންނާއި ، ބޯޓުގެ ދެ ފަޅުވެރިންނާއި އަދި އެ އާއިލާގެ އިތުރު ތިން މީހެއްގެ އިތުރުން އަމާޒު ބޯޓުން ދަތުރުކުރި މިލަންދޫ މީހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް