ސުނީތާގެ އުފަންދުވަހަކީ 28 މެއި 1977 އެވެ. އެގޮތުން އިއްޔެ ސުނީއަށް ފުރުނީ 44 އަހަރެވެ.
އުފަންދުވަހާ ގުޅިގެން މިއަދު ސުނީތާ ޓުވިޓާގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވަނީ 17،000 އަށް ވުރެ ގިނަ މީހުން އޭނާއަށް "ބާތުޑޭ ވިޝް" ކޮށްފައިވާ ކަަމަށެވެ. އަދި އޭނާގެ ހުރިހާ ހިތްވަރަކީ އާއިލާ އާއި ރައްޓެހިން އަދި ސަޕޯޓަރުންނޭ ބުނަނީ އެހެންވެ ކަަމަށް ސުނީތާ ބުންޏެވެ. ސުނީތާ ވަނީ އޭނާއަށް ވިޝްކުރި މީހުންނަށް ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން ސުނީތަގެ އުފަންދުވަހާ ގުޅިގެން އޭނާގެ "އެންމެ ފެވަރިޓް"، ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާވެސް ވަނީ އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.