ads
އަޔުޝްމަން ކުރާނާ--
ލަވަ ކިޔަން ދެން ލިބޭ ދުވަހަކު ރޯނަން: އަޔުޝްމަން
ސްޓޭޖުމަތީގައި ލަވަ ކިޔަން ދެން ލިބޭ ދުވަހަކު ރޯނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަޔުޝްމަން ކުރާނާ ބުނެފިއެވެ.

އަޔުޝްމަން އަކީ އެންމެ ފުރަތަމަ ޓީވީ ހޯސްޓެއްގެ ގޮތުގައި ފެނިގެންދިޔަ ތަރިއެކެވެ. ފަހުން ފިލްމީ ދާއިރާއަށް ނިކުމެ އެކްޓު ކުރުމުގެ އިތުރުން ބައެއް ފިލްމުތައް ޕްރޮޑިއުސްކޮށްފައިވެސް ވެއެވެ.

މީގެ އިތުރުން ލަވަ ކިޔުމަކީ ވެސް އަޔުޝްމަން ވަރަށް ކުރާ ހިތުން ކުރި ކަމެކެވެ. އެގޮތުން އޭނާ ކިޔާފައިވާ ބައެއް ވީޑިއޯ ލަވަ ނެރުނު އިރު ގިނަ އަދަދެއްގެ އެވޯޑު ހަފްލާތަކެއްގައި ވެސް އަޔުޝްމަންވަނީ ލަވަ ކިޔާފައެވެ. 

ކޮވިޑް-19 އާ ގުޅިގެން ބޮލީވުޑުގެ ގިނަ މަސައްކަތްތައް ހުއްޓިފައިވާއިރު، ހުރިހާ ކަމެއްގެ ތެރެއިން އަޔުޝްމަން އެންމެ ހަނދާންވާ ކަމަކީ ލަވަކިޔުމެވެ. 

ލަވަކިޔަމުން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްމ އަޔުޝްމަން ވަނީ މިހާރު ހޭދަކުރަމުން އަންނަ އަނދިރި ދުވަސްތައް ނިމި އަލިވާނެތޯ ފޭނުން ކައިރިން ސުވާލުކޮށްފައެވެ. އަދި އަލުން އަނބުރާ ލަވަ ކިޔަން ލިބިއްޖެނަމަ އޭނާ ރޯނެ ކަމަށް ވެސް އަޔުޝްމަން ވަނީ ބުނެފައެވެ.

އަޔުޝްމަން ކިޔާފައިވާ ބައެއް ލަވަތަކުގެ ތެރޭގައި "ޕާނީ ދާ ރަންގް"، "ސާދި ގައްލީ"، "ތޫ ހި ތޫ" ފަދަ ލަވަތައް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް