ނިކް އާއި ޕްރިޔަންކާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަުހުގެ އެއް ވަނަ ދުވަހުގައެވެ. މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ލޯބިން އުޅޭ ޖޯޑު ކަމަށްވާ ނިކް އަދި ޕްރިޔަންކާ ގެ ރޮމޭންޓިކް ހަޔާތުގެ ވާހަކަ އަކީ ބެލުންތެރިންނަށް އާ ވާހަކައެއް ނޫނެވެ.
އެގޮތުން އެ ދެމީހުންގެ ލޯބި ފެށިގެން އައީ ޓުވިޓާ މެދުވެރިކޮށް ކުރި މެސެޖަކުންނެވެ. 2016 ވަަނަ އަހަރު ފުރަތަމަ އިސްވެ ޕްރިޔަންކާއަށް މެސެޖުކުރީ ނިކް އެވެ. ނަމަވެސް އެ ދެމީހުން ލޯބީގެ ގޮތުން ގުޅި ޑޭޓް ކުރަން ފެށީ އޭގެ އަހަރެއް ފަހުންނެވެ.
ނިކް ހާމަކުރި ގޮތުގައި އޭނާ ޕްރިޔަންކާއަށް ޓުވިޓާއިން ކުރި މެސެޖުގައި ބުނެފައިވަނީ ދެމީހުންގެ ރައްޓެހިން އެ ދެމީހުން ދިމާވާން އެދެމުންދާ ކަމަށް ބުނެއެވެ. ހަމަ އެ ދުވަހު ޕްރިޔަންކާ އެ މެސެޖަށް ރިޕްލައިކޮށް ބުނެފައިވަނީ ޓުވިޓާ މެދުވެރިކޮށް ކުރާ މެސެޖުތައް އޭނާގެ ޓީމަށް ފެންނާނެ ކަމަށެވެ. އަދި ސީދާ ޕްރިޔަންކާއަށް މެސެޖުކުރުމަށް ވަނީ އެދިފައެވެ. އެ ދެމީހުންގެ ލޯބީގެ ގުޅުން ފެށިގެން ދިޔައީ އެ ހިސާބުންނެވެ.
ނިކް އާއި ޕްރިޔަންކާގެ ކައިވެންޏަށް މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ނިކް ޕްރިޔަންކާ އަށް ޕްރޮޕޯސް ކުރީވެސް ވަރަށް ތަފާތު ގޮތަކަށެވެ. އެގޮތުން ނިކް ޕްރިޔަންކާއަށް ޕްރޮޕޯސް ކޮށްފައިވަނީ 200,000 ޑޮލަރުގެ ޑައިމަންޑު އަނގޮޢްޓި އަކުންނެވެ.
ނިކް އާއި ޕްރިޔަންކާގެ ޖޯޑަކީ ގިނަ ބަޔެއްގެ މަގްބޫލުކަމާއި ލޯބި ލިބިފައިވާ ޖޯޑެކެވެ.