ads
ބ.އޭދަފުށި---
އޭދަފުށިން ކޮވިޑްގައި މީހަކު މަރުވެއްޖެ
ބ.އޭދަފުށިން ކޮވިޑް-19ގައި މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ބ. އަތޮޅު ހޮސްޕިޓަލަށް ގެނެވުނު 77 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. 

މަރުވެފައި ވަނީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ މަރުވެފައިވަނީ މިއަދު 06:00 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ،

މިއީ މިއަދު ރާއްޖެއިން ކޮވިޑްގައި މަރުވި ދެވަނަ މީހާއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގި ފިލާގައި ފަރުވާ ދެމުން އައި 86 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ފަތިހު މަރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. 

މިއާއެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 158 އަށް އަރާފައެވެ. އަދި މިމަހު މިހާތަނަށް ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 85 އަށް އަރާފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް