ads
ކަބީރު ސިންގް ގެ ޕޯސްޓަރެއް---
"ކާބީރް ސިންގް" ބެލުމަށްފަހު މީހަކު އޭނާގެ ލޯބިވެރިޔާ މަރާލައިފި
ޑައިރެކްޓާ ސަންދީޕް ވަންގާގެ ފިލްމު "ކަބީރް ސިންގް" ބެލުމަށްފަހު އިންޑިއާގައި މަޝްހޫރު ޓިކްޓޮކް ވީޑިއޯ ހަދާ އަޝްވަނީ ކުމާރު އޭނާގެ ލޯބިވެރިޔާ މަރާލައިފިއެވެ.
ޑައިރެކްޓާ ސަންދީޕް ވަންގާގެ ފިލްމު "ކަބީރް ސިންގް" ބެލުމަށްފަހު އިންޑިއާގައި މަޝްހޫރު ޓިކްޓޮކް ވީޑިއޯ ހަދާ އަޝްވަނީ ކުމާރު ކިޔާ މީހަކު އޭނާގެ ލޯބިވެރިޔާ މަރާލައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އަޝްވަނީ އެކުއްޖާ މަރާލާފައިވަނީ އެފިލްމު ބެލުމަށްފަހު ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ޝާހިދު ކަޕޫރު އޭނާގެ ލޯބިވެރިޔާ ކިއާރާ އަދުވާނީ އަށް ކަންތައް ކުރާ ގޮތް ބެލުމަށްފަހުއެވެ.

އެގޮތުން އެ އަންހެން ކުއްޖާ މަރާލީ އެކުއްޖާ އެހެން މީހަކާ އިންނަން އުޅުމުން ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. އެކަމާ ގޫޅޭގޮތުން ފިލްމު އުފެއްދުންތެރިން ބުނީ ފިލްމުގައި އެކަކުވެސް މަރާލާ މަންޒަރެއް ދައްކާފައި ނުވާ ކަމަށެވެ.

"ކަބީރު ސިންގް" އަކީ ކާމިޔާބު ތަމަޅަ ފިލްމު "އަރްޖުން ރެއްޑީ" ގެ ހިންދީ ރިމޭކެކެވެ. އެފިލްމުގައި ކިއާރާ އަދި ޝާހިދުގެ އިތުރުން ސުރޭޝް އޮބްރޯއީ އަދި ނިކިތާ ދުއްތާ ވެސް ފެނިގެންދިޔައެވެ. އެފިލްމަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް