ads
ދަރިވަރުންތަކެއް އިމްތިހާނު ހޯލެއްގައި--
"ކޮވިޑަށް ޕޮޒިޓިވް ކުދިންނަށް ވެސް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެހިފައިވާނެ"
ކަރަންޓީނުގައި ތިބޭ ދަރިވަރުންނާއި ކޮވިޑަށް ޕޮޒިޓިވް ކުދިންނަށް ވެސް އިމްތިހާނުތަކުގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާނު ވިދާޅުވެއްޖެއެވެ.

މި މަހުގެ 2 ވަނަ ދުވަހު އެސްއެސްއީ އިމްތިހާނު ފަށާފައިވާއިރު 4 ވަނަ ދުވަހު ވަނީ އޯ ލެވެލް އިމްތިހާނުވެސް ފަށާފައެވެ. އޯލެވެލްގެ އިމްތިހާނުތައް ނިމޭނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

އެޗްއީއޯސީ އިން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާނު ވިދާޅުވީ އިމްތިހާނު ހަދާ ކޮންމެ މަރުކަޒެއްގައި ވެސް އިމްތިހާނު ހަދާ ދަރިވަރުންނަށް ތިން ހޯލެއް ހަމަޖެހިފައިވާނެ ކަމަށެވެ. އެއީ ކޮވިޑަށް ޕޮޒިޓިވް ކުދިންނަށް ހާއްސަ ހޯލަކާއި ކަރަންޓީނުގައި ތިބޭ ކުދިންނަށް ހާއްސަ ހޯލަކާއި އާންމު ދަރިވަރުން އިމްތިހާނު ހަދަން ހަމަޖެހިފައިވާ ހޯލު ކަމަށް އިހުސާނު ވިދާޅުވިއެވެ.

އަދި މާލެ ސަރަހައްދުގައި ވެސް ކޮވިޑަށް ޕޮޒިޓިވް ދަރިވަރުންނާއި ކަރަންޓީނުގައި ތިބޭ ދަރިވަރުންނަށް ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އިހުސާނު ވިދާޅުވިއެވެ.

މީގެ އިތުރުން އިހުސާނު ވިދާޅުވީ އޭލެވެލް އިމްތިހާނަށް އައި ބަދަލުތަކާ އެކު ދަރިވަރުން އޭލެވެލް ދެން ހަދާނީ އޮކްޓޯބަރު މަހު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް