ads
ރޮނާލްޑޯ--
އެންމެ ގިނަމީހުން ފޮލޯކުރާ ސެލެބްރިޓީ: ކްރިސްޓިއާނޯ ރޮނާލްޑޯ
ދުނިޔޭގެ އެންމެ ގިނަ މީހުން ފޮލޯކުރާ އިންސްޓަގްރާމް އެކައުންޓަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އެކައުންޓެވެ.

އެންމެ މަގުބޫލު އިންސްޓަގްރާމް އެކައުންޓަކަށް ކްރިސްޓިއާނޯ ރޮނާލްޑޯގެ އެކައުންޓް ވެފައިވަނީ މިދިޔަ އަހަރުގެ ޑިސްމްބަރު މަހުގައެވެ. 

ޖުމްލަ 281 މިލިއަން ފޮލޯވަރުންނާއެކު އެންމެ ގިނަ މީހުން ފޮލޯކުރާ މީހަކަށް ރޮނާލްޑޯ ވެފައިވާއިރު، ދެވަނައަށް އެންމެ ގިނަ މީހުން ފޮލޯކުރާ މީހަކަށް ވެފައިވަނީ އެންމެން ދަންނަ ނަމުން ނަމަ 'ދަރޮކް' އެވެ. 

މެންޗެސްޓާ ޔުނައިޓެޑުން ވިދާލި ޕޯޗުގަލްގެ ތަރި ރޮނާލްޑޯއަކީ އެންމެ ފުރަތަމަ 200 މިލިއަނަށްވުރެ ގިނަ އިންސްޓަގްރާމް ފޮލޮވާސް ހޯދި މީހާވެސްމެއެވެ. 

އޭނާ ރިއަލްމެޑްރިޑް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވުމުން ޔުވެންޓަސްގެ އިތުރުން މުޅި އިޓަލިއަން ލީގުގެ ވެސް ފޮލޯވަރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

މިހާ ގިނަ މީހުން އިންސްޓަގްރާމުން ރޮނާލްޑޯއަށް ފޮލޯ ކުރިނަމަވެސް އޭނާގެ އިންސްޓަގްރާމް އެކައުންޓުން މީހުން ހައިރާން ކޮށްލާ ފަދަ މާގިނަ ފޮޓޯތަކެއް ފެނިގެން ނުދެއެވެ. އާންމު ގޮތެއްގައި ހުންނަނީ އޭނާ އާއި އޭނާގެ އާއިލާ އާއި އެކުގައި ނަގާފައިވާ ފޮޓޯތަކާއި ކުޅުމުގެ ތެރެއިން ނަގާފއިވާ ފޮޓޯތަކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް