ads
އެސްޓީއޯ
އެސްޓީއޯގެ އަހަރީ ޖަލްސާ އޮންލައިންކޮށް
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިފަހަރުވެސް އޮންނާނީ އޮންލައިންކޮށެވެ.

މިފަހަރުގެ މީޓިންގައި ވެސް ވޯޓުލުން ކުރިއަށްދާނީ އޮންލައިންކޮށް އިލެކްޓްރޯނިކް ވޯޓިން ސިސަޓަމް މެދުވެރިކޮށް ކަމަށް އެެސްޓީއޯއިން ބުނެއެވެ. 

މިޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ އިރުޝާދުތައް އެސްއެމްއެސް އަކުން ހުރިހާ ހިއްސާދާރުންނަށް ފޮނުވޭނެއެވެ. އަދި 31 މޭ 2021 ވަނަ ދުވަހުގެ މެންދުރުފަހު 03:30 އިން ފެށިގެން 03:55 އާއި ދެމެދު އެސްއެމްއެސް އިން ފޮނުވާފައިވާ ލިންކު މެދުވެރިކޮށް މީޓީންއަށް ލޮގިންވުމަށްވެސް އެސްޓީއޯއިން އިރުޝާދުދެއެވެ.

މީގެއިތުރުން ޖަލްސާގައި ބައިވެރިވާ މެމްބަބަރެއް ބަލާނީ މިއަދުގެ 03:55 ގެ ނިޔަލަށް ޕޯޓަލްއިން ލޮގިން ކުރާ ފަރާތްތައް އެކަނި ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. 

އަދި ވޯޓިން ޕޯޓަލް މެދުވެރިކޮށް ޖަލްސާގައި ފާސްކުރަން ހުށަހަޅާފައިވާ އައިޓަމްތައް އަދި ޖަލްސާގެ ލައިވް އިވެންޓުގައި ބައިވެރިވާން ލޮގިން ކުރަންޖެހޭ ލިންކް ފެންނަން ހުންނާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. 

ހަމައެހެންމެ ކޮންމެ އައިޓަމެއްވެސް ފާސް ކުރުމަށް ފެންނަ ނުވަތަ ނުފެންނަ ކަމަށް ހިޔާރު ކުރުމުގެ ފުރުސަތު ފެންނަން ހުންނާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. މިއިން ކޮންމެ އައިޓަމަކަށްވެސް ވޯޓު ދެވޭނީ އެއް ފަހަރުއެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާއާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 1442 ނަންބަރަށް ގުޅުމަށްވެސް އެސްޓީއޯއިން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް