ads
70ގެ އަހަރުތަކުން ފެށިގެން ޗައިނާއިން ވަނީ އާބާދީ ކޮންޓްރޯލް ކޮށްފަ
ޗައިނާ އިން ކޮންމެ ދެމަފިރިއަކަށް 3 ދަރިން ހުއްދަކޮށްފި
ގިނަ އަހަރުތަކަށް ފަހު ޗައިނާއިން ކޮންމެ ދެމަފިރިއަކަށް ތިން ދަރިން ހުއްދަކުރަން ނިންމާފިއެވެ.
Advertisement

އެގައުމުގެ އާއިލާ ރޭވުމުގެ ގާނޫނަށް 2013 ވަނަ އަހަރު ގެނެވުނު އިސްލާހަށް ފަހު މިއީ އެ ގާނޫނަށް ގެނެވުނު އެންމެ ބޮޑު އިސްލާހެވެ. 2013 ވަނަ އަހަރު ގެނެވުނު އިސްލާހާއެކު ކުރިން އެގައުމުގައި އަމަލުކުރަމުން އައި "ވަން ޗައިލްޑް ޕޮލިސީ" ވަނީ ނިމުމަކަށް އައިސްފައެވެ. އެއަހަރު ކޮންމެ ދެމަފިރިއަކަށް ދެ ދަރިން ހުއްދަ ކުރަން އެގައުމުގެ ސަރުކާރުން ނިންމިއެވެ. ނަމަވެސް އެ ހުއްދަ ދެވުނީ ދެމަފިރިންގެ ތެރެއިން އެކަކު އެއީ ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިއަކަށްވާ ނަމައެވެ.

އެ ގާނޫނަށް 2016 ވަނަ އަހަރު އިތުރު އިސްލާހެއް ގެނެވުނެވެ. އެ އިސްލާހުގެ ދަށުން އެއްވެސް އިތުރު ކަމަކަށް ބެލުމެއް ނެތި ހުރިހާ ދެމަފިރިއަކަށް ވެސް ދެ ދަރިން ހުއްދަ ކުރިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ޗައިނާއިން ދަރިން ހޯދާ މިންވަރު ކޮންޓްރޯލް ކޮށްފައިވަނީ އެގައުމުގެ އާބާދީ ހަލުވި ކަމާއެކު އިތުރުވަމުން އަންނާތީ އެވެ. 

ނަމަވެސް އާބާދީ ކޮންޓްރޯލް ކުރުމުން ވަކި ހިސާބަކުން އެގައުމުގައި މަސައްކަތްތެރިން މަދުވެ، މުސްކުޅިން ގިނަވާ މައްސަލަ ކުރިމަތިވާން ފެށިއެވެ. 2013 ވަނަ އަހަރު ގެނެވުނު އިސްލާހާއެކުވެސް އެގައުމުގެ އާބާދީއަށް އެންމެ ބޭނުންވި ބަދަލު ނައުމުން އެގައުމުގެ ސަރުކާރުން ވަނީ ކޮންމެ ދެމަފިރިއަކަށް ތިން ދަރިން ހުއްދަކުރަންް ނިންމާފައެެވެ.

ޗައިނާގައި ފާއިތުވި 10 އަހަރު ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު 1950 ވަނަ އަހަރު އާބާދީ އާ ގުޅޭ މައުލޫމާތު ނަގަން ފެށިފަހުން މިހާތަނަަށް އެންމެ މަދުން އާބާދީ އިތުރު ވީ މިދިޔަ 10 އަހަރު ތެރޭގައެވެ.

ޗައިނާގެ އަބާދީ އިންތިހާއަށް އިތުރުވަމުން އަންނާތީ އާއިލާ ރޭވުމުގެ ގާނޫނު ފުރަތަމަ ވުޖޫދަށް ގެނެވި ވަން ޗައިލްޑް ޕޮލިސީ އަށް އަމަލު ކުރަން ފެށީ 1980 ވަނަ އަހަރު އެވެ. އެ ގާނޫނުގެ ދަށުން ގަދަކަމުން އެބޯޝަން ކުރުވުން ފަދަ ކަންކަން އެގައުމުގެ ސަރުކާރުން ކުރުވަމުން ދެއެވެ.

14%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް