މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނީ ރާއްޖެއަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދު ހެނދުނު ނެރުނު ވައިޓް އެލާޓް އިތުރު ކޮށްފައިވަނީ މިރޭ 21:00 އަށެވެ. މިވަގުތުތަކުގައި މި ސަރަހައްދުތަކަށް ކަނޑުތައް ގަދަވެ، ވައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން މޫސުމާ ގުޅޭ އެލާޓް ނެރެނީ ހަތަރު ލެވެލްއަކަށެވެ. އެއީ ވައިޓް އެލާޓް، ޔެލޯ އެލާޓް، ރެޑް އެލާޓް އަދި ގްރީން އެލާޓް އެވެ.
ވައިޓް އެލާޓަކީ މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިނުވި ކަމުގައި ވިޔަސް، މޫސުން ގޯސްވާކަން އެންގުމުގެ ގޮތުން ނެރޭ އެލާޓެކެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފާއިތުވި ހަފްތާގެ ތެރޭގައި ގިނަ ރަށްރަށަކަށް ވަނީ އުދަ އަރާފައެވެ.