ads
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ
އީސަގެ ގެވެށި އަނިޔާގެ މައްސަލައިގެ ތަހުގީގު ނިމި،ޕީޖީއަށް ފޮނުވަނީ
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ، އޭނަގެ ކުރީގެ އަނިބިމީހާ، އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި މައްސަލައިގެ ތަހުގީގު ނިމި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމް އަށް ވިދާޅުވީ މެންބަރު އަހުމަދު އީސަ އޭނާގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ނިމިފައި ކަމަށެވެ.

އަދި އެ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި މަހުގެ 18 ވަނަ ދުވަހު، އަަސްރާ ނަސީމް އަށް، އީސަ ގެވެށި އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު، ދެމީހުންގެ ދެމެދު ހިނގައިދިޔަ އަރާރުމެއްގެ ތެރެއިން، އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އަސްރާގެ އަވަށްޓެރިން ވަނީ ބުނެފައެވެ.

ނަމަވެސް ދަރިފުޅުގެ ހައްގުގައި ކަމަށް ބުނެ، މި މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އެދިފައިވީނަމަވެސް ފުލުހުން ބުނެފައިވަނީ ވަކި މީހަކު އެދިގެން ޖިނާއީ މައްސަލައެއްގެ ތަހުގީގު ހުއްޓައި ނުލާނެ ކަމަށެވެ.

އީސަ އޭނާއަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް ވިދާޅުވެފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް އޭނާ ކޮށްފައިނުވާނެކަމަށާއި، އެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ކެނދިކުޅުދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވާކަމަށެވެ.

އަދި އީސަ ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ތަހުގީގުކުރެވެމުންދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުންދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާފައެވެ.

އެ މައްސަލައާއި ގުޅިގެން އީސަ މިހާރު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުގައްރިރުކަމުން އެކަހެރިކުރުމަށްވެސް ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް