ads
ފޮޓޯ:ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންތަ؟
ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 31 ވަނަ ދުވަހަކީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން ސިއްހަތަށް އެތައް ގެއްލުންތަކެއް ވާއިރު، މިއީ ރާއްޖޭގައި ވެސް ގިނަ ބައެއްގެ ގައިގައި ހަރުލާފައިވާ ވަރަށް ނުބައި އާދައެކެވެ. އަދި މިކަމުގައި ޒުވާނުންގެ އަދަދު ގިނަ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ދުވަސްތައް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ގިނަ ބަޔަކަށް ހިތްވަރު ދިނުމެވެ. ރާއްޖޭގައި ވެސް މި ނުބައި އާދައިން ސަލާމަތްވެވޭނެ ގޮތްތައް ވަނީ ފަހިކޮށްފައެވެ.

އެގޮތުން ދުންފަތާ ދުރުވުމަށް އެހީތެރިވެދޭ ކްލިނިކްތަކާއި ޔުނިޓްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ގާއިމްކޮށްފައެވެ. ވެރިރަށް މާލޭގައި ވެސް މިފަދަ 5 ކްލިނިކެއްގެ ހިދުމަތް ލިބެއެވެ. އެއީ އައިޖީއެމްއެޗް ޓޮބެކޯ ސިޝޭޝަން ކްލިނިކާއި ސެނަހިޔާ، އޭޑީކޭ އަދި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން ދަމަނަވެށީގައި ގާއިމްކޮށްފައިވާ ކްލިނިކްތަކެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގައި ކެންސަރު ޖެހިގެން މަރުވާ މީހުންގެ ތެރެއިން 25 އިންސައްތަ މީހުުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑުވެ، އެބަލީގައި މަރުވުމުގެ ފުރުސަތު ވެސް ބޮޑުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް