ads
ކޮވިޑް ޖެހިގެން މަރުވި މީހަކު ވަޅުލަނީ
މިއަދު 3 ވަނަ މީހަކު ކޮވިޑްގައި މަރުވެއްޖެ
ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19 ގައި މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައިވަނީ މިއަދު އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމަށް ގެނެވުނު މީހެއް ކަމަށެވެ.  

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ 58އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، ކޮވިޑް ޖެހިގެން މަރުވެފައިވާކަމަށް ޑޮކްޓަރުން ނިންމާފައިވަނީ 15:00 ގަައި ކަމަށެވެ. 

މިއީ މިއަދުގެ ތިން ވަނަ މަރެވެ. ފުރަތަމަ މީހާ މަރުވެފައި ވަނީ މިއަދު ހެނދުނު 06:37 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.  

ދެވަނަ މީހާ މަރުވެފައި ވަނީ މިއަދު މެންދުރު ފަހު 3:39 ގައި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށެވެ.

މިއާ އެކު މިމަހު މަރުވި މީހުންގެ އަދަދު ވަނީ 88 އަރާފަ އެވެ. އަދި މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 161 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް