ads
ސަނާ ޝޭހް
ކޮވިޑް އާއި ހުރެ ސަނާއަށް ވަޒީފާއެއް ނުލިބިފައި
އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ގިނަ ބަޔަކު ވަނީ ވަޒީފާ ގެއްލި ހާލުގައި ޖެހިފައެވެ. ވަޒީފާ ގެއްލުނު މީހުންގެ ތެރޭގައި ބޮލީވުޑްގައި މަސައްކަތް ކުރާ ތަރިންވެސް ހިމެނެއެވެ.

ދާދި ފަހުން ދަންގަލް އިން ގިނަ ބައެއްގެ މަގްބޫލްކަން ހޯދި ފާތިމާ ސަނާ ޝޭހް ވަނީ ޕަޕަރާޒީންނާ ބައްދަލުކޮށް ވާހަކަ ދައްކާފައެވެ. އަދި ޕަޕަރާޒީއަކު ސަނާ އުޅެނީ ވަޒީފާއެއްގަތޯ ސުވާލުކުރުމުން ސަނާ ވަނީ އޭނާ މިވަގުތު ވަޒީފާއެއް އަދާނުކުރާ ކަމަށް ބުނެފައެވެ. 

ކުރިއަށް އޮތް ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ސަނާ ބުނީ ކަންތައް ކުރިއަށް ދާނީ ކޮވިޑް-19ގެ ހާލަތު އެ ސިޓީގައި ރަނގަޅުވުމުން ކަމަށެވެ. 

"މިހާރު ދެން ކޮވިޑް މިއަށްވުރެ މަދުވީމަ. އެއްކޮށް ކޮންޓްރޯލްވެ ނިމުނީމަ. އެހެން މީހުންނަށް ވެސް ވަޒީފާ ލިބޭނެހެން އަހަންނަށްވެސް ލިބޭނެ. އަދި މިހުރީ ވަޒީފާއެއް ނެތި." ސަނާ ބުނެއެވެ.

ސަނާ އެންމެ ފަހުން ފެނިގެން ދިޔައީ ނެޓްފްލިކްސްގެ ފިލްމެއް ކަމުގައިވާ "އަޖީބް ދާސްތާންސް" އިންނެވެ. އެފިލްމުން ސަނާއާއިއެކު ފެނިގެން ދިޔައީ ޖައިދީޕް އަހްލާވަތު އެވެ. އެ ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔައެވެ.

ސަނާ ބޭނުންވަނީ ކުވީން އަދި ގަންގޫބާއި ކަތިއަވާދީ ފަދަ ފިލްމުތައް ކުޅެން ބޭނުން ކަމަށް ބުނެފައެވެ. ބޭނުންވި ނަމަވެސް އެކަހަލަ ސްކްރިޕްޓެއް އޭނާ ހަމަޔަށް އަދި އައިސްފައި ނުވާ ކަމަށް ސަނާ ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް