ads
އޭއޭއޭގެ މަތިންދާ ބޯޓެއް -- ފޮޓޯ: އޭއޭއޭ
އޭއޭއޭގެ މައްސަލައިގަ ބަންޑާރަ ނައިބުގެ ލަފާ ސިވިލް އޭވިއޭޝަނަށް އަރުވައިފި
އައްޑޫ ގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮޓޮނިކްސް (އޭއޭއޭ) ގެ މައްސަލާގައި ގާނޫނީ ގޮތުން ދޭންޖެހޭ ލަފާ ބަންޑާރަނައިބް (އޭޖީ) އިބްރާހިމް ރިއްފަތު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް އަރުވައިފިއެވެ.
Advertisement

ޓްރާންސްޕޯޓް މިނިސްޓްރީން ފްލައިން ސްކޫލުގެ މައްސަލައިގައި އޭޖީގެ ލަފާފުޅަކަށް އެދިފައިވަނީ މޭ މަހުގެ 30 ވަނަ ދުވަހުއެވެ. 

އޭޖީ ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓިގެ ގާނޫނާއި މަތީ ތައުލީމާބެހޭ ގާނޫނުގެ ދަށުން އެޅިދާނެ ފިޔަވަޅުތައް ބަޔާން ކުރައްވައި، ހޯމަ ދުވަހުގެރޭ ޖަވާބު ފޮނުއްވާ ޓުވިޓާ މެދުވެރިކޮށް ހިއްސާކުރައްވާފަ އެވެ.

އެ މައްސަލައާ ގުޅިގެން ރައީސް ސޯލިހް ވަނީ ބައެއް ފިޔަވަޅުތައް އެޅުއްވުމަށް ނިންމަވާފައެވެ. އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެ ތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން އާއި އެކައުންޓެބަލް މެނޭޖަރުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އެޅުއްވުމަށް ވަނީ ނިންމަވާފައެވެ. 

އެއާއެކު އޭޝިއަން އެކެޑަމީ އޮފް އެރޮނިޓިކްސް (އޭއޭއޭ) ގެ ހެޑް އޮފް ޓްރެއިނިންގެ ގޮތުގައި ހުންނެވި ސުރަންޖަން ޑި ސިލްވާއަށް ދޫކޮށްފައިވާ ހުއްދަވެސް ދާދި ފަހުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އަތުލާފައެވެ. އަދި ސްކޫލުގެ އެކައުންޓަބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީގެ ހުއްދަ އަތުލާނެކަމުގެ ފަހު އިންޒާރުވެސް ވަނީ ދީފައެވެ.

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގުތަކަށް ތަކުރާރުކޮށް އަރައިގަންނަމުންދާތީ އެ ސްކޫލް 35،000 ރުފިޔާއިން ޖޫރިމަނާކޮށް އަނެއްކާވެސް ކަންކަން އިސްލާހު ކުރުމަށް މީގެކުރިން ވަނީ އިތުރު ފުރުސަތެއް ދީފައެވެ. 

2001 ވަނަ އަހަރު އަމަލު ކުރަން ފެށި މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނު ބުނާ ގޮތުން އެގާނޫނާއި ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާ އަށްވުރެ ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް