ކާޖަލް އޭނާގެ އިންސްޓާގްރާމްގައި ސުވާލާ ޖަވާބުގެ ގޭމެއް ސަޕޯޓަރުންނާ އެކު ކުޅެފައި ވެއެވެ. އެ ގޭމްގެ ތެރެއިން މީހަކު ކާޖަލް ކައިރީގައި އޭނާގެ ނަންބަރު ދެވޭނެތޯ އެހުމުން ކާޖަލް އޭނާގެ ނަންބަރުގެ ފުރަތަމަ ތިން އަކުރު ހާމަކުރި އެވެ.
ކާޖަލްގެ ނަންބަރުގެ ފުރަތަމަ ތިން އަކުރަކީ 100 އެކެވެ. އެ ހިއްސާ ކުރުމަށް ފަހުގައި ކޮންމެ ގަޑި އަކުވެސް ގުޅުމަށް ކާޖަލް ބުނެފައި ވެއެވެ.
ފޮޓޯ--ކާޖޮލް
ބެލުންތެރިންނަށް ސަމާސާ ކުރުމަށް އެއް ފަހަރަކު އަޖޭ ވަނީ ކާޖަލްގެ ނަންބަރު ޓުވިޓާގައި އާންމުކޮށްފަ އެވެ. އަދި ފަހުން އެއީ ޕްރޭންކެއް ކަމަށް އޭނާ ބުންޏެވެ.
ކާޖޮލް އާއި އަޖޭ ކައިވެނި ކުރީ 1999 ގައެވެ. އަދި އެކައިވެންޏަށް މިހާރު ވަނީ ނީސާ އަދި ޔުގް ލިބިފަ އެވެ.