
ކޮމެޑީގެ އިތުރުން ލޯބީގެ އަސަރުގަދަ ސްޓޯރީއެއް ފެނިގެންދާ މި ސީރީޒް އަކީ ހަތަރު ރަށްޓެހިންގެ ދެމެދުގައި އޮންނަ ވަރުގަދަ ފްރެންޑްޝިޕްވެސް ފެނިގެންދާ މަޖާ ސީރީޒްއެކެވެ.
ދިވެހި ޒުވާނުންގެ މެދުގައިވެސް މަގުބޫލް މި ސީރީޒްގެ 10 ސީޒަންއަށްފަހު ސީޒީޒް ނިންމާލާފައިވިޔަސް އަދިވެސް މި ސީރީޒްގެ އިތުރު ބައިތަކެއް ބަލަން ބޭނުންވާ އެތައް ބަޔަކު އުޅެއެވެ.
އޭގެ ފަހުން “ފްރެންޑްސް ޔޫނިއަން”ގެ ނަމުގައި މި މަހުގެ 27 ވަނަ ދުވަހު އެޗްބީއޯ މެކްސް އިން ސްޓްރީމް ކުރި ޝޯގެ ތެރެއިން މި ސީރީޒްގައި ހިމެނޭ މެއިން ފަސް ކާސްޓުން އެކީ ފެނިގެންދިޔައިރު މިއީ މިފަސް ކާސްޓުން ފްރެންޑްސްގެ ވާހަކަތައް އެކީ ހިއްސާކުރާނެ އެންމެ ފަހު ފަހަރުކަމަށްވެއެވެ.
ފްރެންޑްސްގެ ކާސްޓުން އޭރާ މިހާރު
ފްރެންޑްސްގެ ކާސްޓުންގެ ގޮތުގައި ފެނިގެންދިޔަ ފަސް ތަރިންގެ ތެރެއިން އާއްމުންގެ އެންމެ މަގުބޫލުކަމެއް ހޯދާފައިވަނީ ކަޕްލްގެ ގޮތަށް ފެނިގެންދިޔަ ރޭޗަލް(އަަަސްލު ނަމުންނަމަ ޖެނިފާ އަނިސްޓަން) އާއި ރޯސް( އަސްލު ނަމުންނަމަ ޑޭވިޑް) ގެ ލޯބީގެ ކެމިސްޓްރީއެވެ.
އެ ސީރީޒްގައި ފެންނަނީ ދެމީހުން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވީނަމަވެސް ރިލޭޝަންޝިޕް ވޯކް ނުކޮށްގެން އުޅޭތަނެވެ. ލޯބިވާ ވާހަކަ ބުނަން ނުކެރުމާއި، އަބަދުވެސް ކޮންމެވެސް އެކަކު ރިލޭޝަންޝިޕްއެއްގައި އުޅޭތީ އޭގެ ތެރެއަށް ނުވަންނަން ރަށްޓެހިންގެ ގޮތުގައި ތިބެވޭތޯ މަސައްކަތްކުރާތަންވެސް ފެނެއެވެ. އެހެންނަމަވެެސް ސީޒީޒް ނިމިގެންދާއިރު ދެމީހުންވެސް އެކުވާތަން ފެނެއެވެ.
ރޯސް އަދި ރޭޗަލް
ޖެނިފާ އަދި ޑޭވިޑްގެ ޖޯޑު ސްކްރީންގައި ފެނުނުގޮތައް އޮފް ސްކްރީންއިންވެސް ފެންނަން ބޭނުންވެގެން އުޅޭ އެތައް ފޭނުންނެއް ތިބިއިރު މިއަދާ ހަމަޔަށްވެސް ނޭގުނު އެެއްޗަކީ އެ ސީޒީޒްގައި ރޭޗަލް އަދި ރޮސް ދައްކުވާދިން އެކްޓިންއަކީ ހަމަ އެކަނި އެކްޓިންއެެއް ނޫންކަމެވެ. އެ ސީޒީސް ތެރެއިން އަސްލު ދިރިއުޅުމުގެ ސްޓޯރީ ދައްކުވާދެމުންދިޔަކަން އެކަކަށްވެސް ނޭގެއެވެ.
އެކަން ހާމަވެގެންގޮސްފައިވަނީ މިފަހުން ސްޓްރީމް ކުރެވިގެންދިޔަ ފްރެންޑްސް ޔޫނިއަންގެ ތެރެއިންނެވެ.
ޑޭވިޑް(ރޯސް)ބުނީ ފުރަތަމަ ސީޒަންގެ ތެރެއިން ޖެނިފާ(ރޭޗަލް)ގެ މައްޗަށް ވަރަށް ބޮޑު ކްރަޝްއެއް އޮތްކަމަށެވެ. އެހެންނަމަވެެސް އެ ސީޒީސްގައި ފެނިގެންދިޔަ ގޮތަަށް ދެމީހުންނަށްވެސް އެވާހަކަ ނުބުނެވުނީ ދެމީހުންވެސް އަބަދުވެސް އުޅުނީ ރިލޭޝަންޝިޕްގައި ކަމަށް ވުމުން ކަމަށެވެ. އަދި ސީޒީޒްގެ ޝޫޓިންތެރެއިން އެކަން ވަރަށް ބޮޑަށް ފާހަގަވާނެކަމަށާއި އެކަން ފާހަގަނުވޭތޯ އެހެން ކާސްޓުން ކުރެން ޑޭވިޑްވަނީ އަހާފައެވެ. އެހެން ކާސްޓުންވެސް ބުނެފައިވަނީ އެކަން އެމީހުންނަށް އެގޭ ކަމަށެވެ. އަދި ދެމީހުން އެކަކު އަނެކަކުދެކެ އޭރު ލޯބިވާކަަން އެެއީ ޔަގީންވާ ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.
އެހެންނަމަވެސް ދެމީހުންވެެސް ނިންމީ އެކަކު އަނެކަކުގެ ރިލޭޝަންޝިޕްތަކަށް އިހުތިރާމުކޮށް ރަށްޓެހިންގެ ގޮތުގައި ތިބެންކަމަށް ޑޭވިޑް ފާހަގަކުރިއިރު ޖެނިފާ ބުނެފައިވަނީ އެ އިހުސާސްތައް ދެމީހުންވެސް ބޭރުކުރީ އެކްޓިންގެ ތެރެއިން ކަމަށެވެ.
ޖެނިފާއާއި ޑޭވިޑްއަކީ އަސްލު ކަޕްލެއް ނޫނެވެ. ދެމީހުންވެސް އެހެންމީހުންނާއި ކަައިވެނިކޮށް ދަރިންވެސް ވަނީ ލިބިފައެވެ.
އުމުރުން މިހާރު 52 އަހަރު ފުރިފައިވާ ޖެނިފާ ދެކައިވެންޏެއް ވަނީ ކޮށްފައެވެ. އެންމެ ފުރަތަމަ 2000 ވަނަ އަހަރުން ފެށިގެން 2005ވަނަ އަހަރާއި ހަމަޔަށް އެކްޓަރު ބްރެޑް ޕިޓް އާ ކައިވެނިކޮށްގެން އުޅުމަށްފަހު ފަސް އަހަރުފަހުން އެދެމީހުން ވަރިވިއެވެ. އެޔަށްފަހު 2015ވަނަ އަހަރު އެކްޓަރު ޖަސްޓިން ތެރެކްސްއާއި ކެވެނިކުރިއެވެ. އޭގެ ދެއަހަރުފަހުން 2017ވަނަ އަހަރު އެކައިވެނިވެސް ވަނީ ރޫޅިފައެވެ.
އުމުރުން 56 އަހަރުގެ ޑޭވިޑް 2010ވަނަ އަހަރު ކައިވެންޏެެއްކޮށް އެ ކައިވެންޏަށް ވަނީ ދަރިއަކުވެސް ލިބިފައެވެ. އޭނާގެ ކައިވެނިވެސް ރޫޅިފައިވަނީ 2017 ވަނަ އަހަރުއެވެ.