ads
ޕީޖީ ހުސައިން ޝަމީމް--
ޖިނާއީ އަދުލުގެ ނިޒާމަށް އަހުލުވެރި ކުރުވުމަށް ޕީޖީގެ ކުލާސް ތަކެއް
ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ޕްރޮގުރާމެއް ފައްޓަވައިފިއެވެ.
Advertisement

ޕީޖީ ޝަމީމް މި ޕްރޮގުރާމު ފައްޓަވާފައިވަނީ އޭނާގެ އަމިއްލަ ބްލޮގުގައެވެ. އެގޮތުން ޖިނާއީ އަދުލަށް އަހުލުވެރި ކުރުވުމުގެ ފުރަތަމަ އެޕިސޯޑު މިހާރު ވަނީ ޝާއިއުކޮށްފައެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ފުރަތަމަ އެޕިސޯޑުގައި ބަލަލާފައިވާނީ ހައްޔަރު ކުރުމާއި ބަންދުކުރުމުގެ ކަންތައް، ފެހި ގާނޫނުއަސާސީގައި ކުރިން އޮތް ގޮތަށް ކަމަށެވެ. އެގޮތުން ކުރީގެ ގާނޫނުއަސާސީ އޮތް ގޮތުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 53 ދުވަހު ބަންދުގައި ބެހެއްޓޭ ކަމާއި މިހާރުގެ ގާނޫނުއަސާސީގައި އެމުއްދަތު 24 ގަޑިއިރަށް ކުރުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ފުރަތަމަ ބައި މިހާރު އަޕްލޯޑުކޮށްފައިވާއިރު، އޯޑިއޯގެ ދެވަނަ ބައިގައި މިހާރުގެ ފެހި ގާނޫނުއަސާސީގެ ދަށުން މީހުން ބަންދުކުރުމާއި ހައްޔަރުކުރުމުގެ ކަންތައް އޮންނަ ގޮތުގެ މައްޗަށް ވާހަކަދައްކަވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޖިނާއީ އަދުލުގެ ނިޒާމަށް މީހުން އަހުލުވެރިކުރުމުގެ މި ޕްރޮގުރާމުގެ ތެރެއިން، އެއްވެސް ބޭފުޅެއްގެ އެއްވެސް ސުވާލެއް އޮތްނަމަ، [email protected] އަށް ސުވާލު މެއިލް ކޮށްލުމުން ޖަވާބު އަރުވާނެ ކަމަށްވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;