ads
ކެނދިކުޅުދޫ ދާއިރާ މެމްބަރު އީސަ---
މެންބަރު އީސަގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ، އޭނަގެ ކުރީގެ އަނބިމީހާ، އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި މައްސަލައިގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އަށް ފޮނުވައިފިއެވެ.

މެންބަރު އީސަގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގެ ތަހުގީގު ނިމިފައިވާކަން ފުލުހުން ހާމަކުރީ އިއްޔެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމް އަށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އީސަގެ މައްޗަށް ދައުވާކުރުމަށް މިއަދު ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ. 

މި މަހުގެ 18 ވަނަ ދުވަހު، އަަސްރާ ނަސީމް އަށް، އީސަ ގެވެށި އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު، ދެމީހުންގެ ދެމެދު ހިނގައިދިޔަ އަރާރުމެއްގެ ތެރެއިން، އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އަސްރާގެ އަވަށްޓެރިން ވަނީ ބުނެފައެވެ.

ނަމަވެސް ދަރިފުޅުގެ ހައްގުގައި ކަމަށް ބުނެ، މި މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އެދިފައިވީނަމަވެސް ފުލުހުން ބުނެފައިވަނީ ވަކި މީހަކު އެދިގެން ޖިނާއީ މައްސަލައެއްގެ ތަހުގީގު ހުއްޓައި ނުލާނެ ކަމަށެވެ.

އީސަ އޭނާއަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް ވިދާޅުވެފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް އޭނާ ކޮށްފައިނުވާނެކަމަށާއި، އެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންނަށް އަރުވާކަމަށެވެ.

ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އީސަ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެ މައްސަލައާއި ގުޅިގެން އީސަ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުގައްރިރުކަމުން އެކަހެރިކުރުމަށްވެސް ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް