ads
ޗައިނާއިން ވަނީ މީގެ ކުރިން އިންސާނެއްގެ ގައިން ފެނިފައިނުވާ އެޗް10އެން3 ބަލި ފެނިފަ
ޗައިނާއިން އާ ވައްތަރެއްގެ ދޫނި ރޯގާއެއް ފެނިއްޖެ
ހުޅަނގު ޗައިނާގެ މީހަކަށް ދުނިޔޭގައި ފުރަތަމަ ފަހަރަށް އެޗް10 އެން3 ދޫނި ރޯގާ ޖެހިއްޖެ އެވެ.

ޗައިނާގެ ޗިއަންސޫ ޕްރޮވިންސްގެ އުމުރުން 41 އަހަރުގެ ފިރިހެނަަކަށް ބަލި ޖެހިގެން އުތުރު އިރުމަތީ ޝެންހާއީ ގައި ވަނީ އެޑްމިޓް ކުރެވިފައެވެ. އެޕްރިލް މަހުގެ 28 ވަނަ ދުވަހު އޭނާ އެޑްމިޓް ކުރެވުނު އިރު މީހާރު އޭނާގެ ހާލު ރަނގަޅު ކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ. 

ޗައިނާ ސަރުކާރުން ބުނީ ދޫނި ރޯގާގެ އެޗް10 އެން3 ސްޓްރެއިން ފެނުުނު ނަމަވެސް އެ ފެތުރުމުގެ ފަރުސަތު ކުޑަކަމަށެވެ.

އެގައުމުގެ ސަރުކާރުން ހިންގާ ޓީވީ ޗެނަލެއް ކަމުގައިވާ ސީޖީޓީއެން އިން ރިޕޯޓު ކުރާގޮތުގައި ބަލި ޖެހުނު މީހާގެ ހާލު ރަނގަޅުވެ، ގެއަށް ދޫކުރެވޭ ހާލަތަށް އައިސްފައިވެއެވެ.

އަދި މިހާތަނަށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި އެޗް10 އެން3 ބަލީގެ ކޭސް އެއް ފެނިފައިނުވާ ކަމަށް ހެލްތު ކޮމިޝަނުން ބުނެއެވެ.

އެ އިންފެކްޝަނަކީ މަދުން ނޫނީ އެއް ދިރޭ އެއްޗަކުން އަނެއް ދިރޭ އެއްޗަކަށް ފެތުރޭ އެއްޗެއް ނޫން ކަމަށް ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ. އަދި ބަލި އިންތިހާއަށް އަށް ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ވެސް ފުރަތަމަ ފެނުނީ ޗައިނާއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް