އުމުރުން 60 އަހަރު މި ފިރިހެން މީހާ ފުނަދޫން ހައްޔަރުކުރީ މިމަހުގެ 3 ވަނަދުވަހަހުއެވެ. އެދުވަހު އޭނާ ފުނަދޫ މެޖިސްޓްރޭޓް ކޯޓަޑށް ގެންދިޔުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.
އެ މުއްދަތު ހަމަވުމުން އެނާގެ ބަންދުގެ މުއްދަތު ޖަހަން މި ފަހަރު ގެންދިޔައީ ކުޅުދުއްފުށި ކޯޓަށެވެ. އެކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 10 ދުވަސް ޖަހާދީފައެވެ.
މި މިހާ ސިހުރު ހަދާކަމަށް ބުނެ އެ ރަށުގެ ރައްޔިތުން ވަނީ އިހްތިޖާޖުވެސް ކުރިއެވެ. އަދި އެ މިހާ ކޯޓަށް ގެންދިޔަ ވަގުތު އެތަނަށް މީހުން އެއްވުމުން މީހުން ދުރުކުރުމުގައި ފުލުހުން ޕެޕާ ސްޕްރޭ ވަނީ ބޭނުންކޮށްފައެވެ.