ads
އަބްދުއްރަހީމާއި ދަރިކަލުން ފައިސަލް
ޔާމީން މީހަކަށް ހެދީ އަޅުގަނޑުމެން، އަޅުގަޑަށް އެއްޗެހި ކިޔަން ލަދު ގަންނަންޖެހޭ: ފައިސަލް
ރައީސް ޔާމީން މީހަކަށް ހެދީ އަޅުގަނޑުމެންކަމަށާއި މިއަދު އެއްޗެހި އެއްޗެހި ކިޔަން ލަދުގަންނަން ޖެހޭކަމަށް ވިދާޅުވެ ޓްއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ފާޑު ވިދާޅުވެއްޖެއެއެވެ.
Advertisement

ރައީސް ޔާމީންގެ އެންމެ އަރިސްކޮށް ކުރިން ހުންނެވި މިހާރު ރައީސް މުއިއްޒުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ ދަރިކަލުން ފައިސަލް ވަނީ ރައީސް ޔާމީންނަށްް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. 

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދަޅުވީ ރައީސްް ޔާމީން ފުރަތަމަ ވެރިކަމަށް ވަޑައިގަތް އިރު އެއީ މި ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަގްބޫލޫ ބޭފުޅެއް ނޫންކަމަށެވެ. ފައިސަލް ވިދާޅުވީ ދިވެހިންގެ މަދުގައި މަގްބޫލު ބޭފުޅަކަށް ރައީސް ޔާމީން ހަދާދިނީ އެ ބޭފުޅުންކަމަށެވެ. 

" އަޅުގަނޑު ވަރަށް ސާފުކޮށް މިވާހަކަ ދަންނަވާލަން ބޭނުން. ރައީސް ޔާމީން ޑރ. ޖަމީލާ މަލީހަށް ވުރެ ބޮޑަށް އަޅުގަނޑަށް އެނގޭ. ރައީސް ޔާމީނަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެބުނާހާ މަގްބޫލު މީހެއް ނޫން ފުރަތަމަ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން. އޭރު ރައީސް ޔާމިނަށް ގޮސް އޯޑިއެންސަކާއި އެކު ޖަލްސާއެއް ބޭއްވޭނީ ލ. ފޮނަދޫއާ ތ. ގުރައިދޫއާ، މ. ދިއްގަރުގައި. އެކަން އަޅުގަނޑުމެން ރައީސް ޔާމީނަށް ކޮށްދިނީ." ފައިސަލް ވިދާޅުވިއެވެ.

ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައީސް ޔާމިނަށް ދެއްވަމުން ފައިސަލް ވިދާޅުވީ ޕީއޭ އުފައްދަން ފޯމު ހަމަކޮށްދީނީވެސް އެ ބޭފުޅުންކަމަށެވެ. އަދި ރައީސް ޔާމީނަށް އޭރު ތާއީދު ހޯދައިދޭން މަސައްކަތް ކުރި އިރު އުމުރަކީ އެންމެ 17 އަހަރުކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. 

" އޭރު ލ. އަތޮޅަކީ ރައީސް ޔާމީންނަށް ވަރަށް ތާއީދު ބޮޑު އަތޮޅެއް. ރައީސް މައުމޫނާއި ނުރުހިފައި ތިބި ރަށްރަށުގެ ކަތީބުންނާއި މުދިމުން ކައިރިއަށް އަޅުގަނޑުމެން ކުޑަ ލޯންޗުކޮޅެެއްގައި ދިޔައީ ދަންވަރު. އެއީ އަޅުގަނޑުގެ އުމުރުން 16، 17 އަހަރުގައި ކުރި މަސައްކަތް ޕީއޭ އުފައްދަން. 800 ފޯމު އަޅުގަނޑުމެން ލ އަތޮޅުން ފޮނުވިން." ރައީސް ޔާމީން އުފެއްދި ޕީއޭ އުފެދުނު ގޮތް ވިދާޅުވަމުން ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރައީސް ޔާމީން ރައީސް ޔާމީންކަށް ވާން ދިމާވި އެންމެ ބޮޑު ސަބަބަކީ ލ އަތޮޅުން 4 ގޮނޑި ޕީއޭ ޑިއާރުޕީ ހެދި ކޯލިޝަނަށްް ލިބުންކަމަށެވެ. އަދީ ރައީސް ޔާމީން މަގުބޫލު ވާން ލިބުނު ޕެލްޓް ފޯމަކީ އެއީކަމަށާ އެއްޗެހި ކިޔަން ލަދުގަންނަން ޖެހޭކަމަށް ފައިސަލް ވިދާޅުވިއެވެ. 

" މިއަދު ރައީސް ޔާމީން އިސްވެ ހުންނަވާ ޑރ. ޖަމީލާ މަލީހު ކުރިޔަށް ނެތި އަޅުގަނޑާއި ދިމާލަށް އެއްޗެހިކިޔަން ލަދުގަންނަން ޖެހޭނެ. ލ. އަތޮޅު ރައްޔިތުން ރައީސް ޔާމީނަށް ސިޔާސީ ހަޔާތެއް ހޯދަދީނީ. " ފައިސަލް ނުރުހުމާއި އެކު ވިދާޅުވިއެވެ.

ޓްއަރިޒަމް މިނިސްޓަރުގެ ގޮތުގައި ހުންނެވި އިބްރާހިމް ފައިސަލް ބޭރުގެ ބައެއް ހަފްލާތަކާއި ޗެނަލްތަކަސް ދެއްވާފައިވާ އިންޓަވިއތަކާއި ގުޅިގެން ގިނަ ފާޑުކިޔުންތައް އަމާޒުވިއެވެ. އޭގެތެރޭގައި ރައީސް ޔާމީން އިއްވެ ހުންނަވާ އުފެެއްދެވި ޕީއެންއެފްގެ އިސް ސަފުގައި ތިއްބެވި ޑރ. މުހައްމަދު ޖަމީލް އަހްމަދާއި މަލީހް ޖަމާލު ހިމެނިވަޑައިގަންނަވައެވެ. ޑރ.ޖަމީލާއި މަލީހު ގެންދަަވަނީ ސޯޝަލް މީޑިއާގައި ފައިސަލަށް ވަރަށްް ބޮޑަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް