ކުރިން އޮތް ގޮތުންނަމަ، ވޯލްޑްކަޕް ކޮލިފައިން އަދި އޭޝިއަން ކަޕް ކޮލިފައިންގައި ބާކީ ހުރި މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗު މާދަމާ ޗައިނާގައި ޗައިނާއާ ދެކޮޅަށް ކުޅޭނެއެވެ. އެހެންނަމަވެސް ޝެޑިއުލް އަދި ވެނިއުއަށް ގެނެވުނު ބަދަލާ އެކު ރާއްޖެ ދެން ކުޅެން ޖެހޭނީ ފުރަތަމަ ސީރިއާއާ ދެކޮޅަށެވެ. ސީރިއާއާ ރާއްޖޭގެ މެޗު އޮންނާނީ ހުކުރު ދުވަހުއެވެ. އޭނގެ ފަހުން ޗައިނާއާ ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗުވެސް އޮންނާނީ ދުބާއީގައެވެ.
ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ދެން ބާކީ ކުޅެން އޮތީ އެ ތިން މެޗެވެ. ރާއްޖެ މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވެފައިވަނީ ގުއާމާ ދެކޮޅަށް ކުޅުނު ދެ މެޗުން އެކަންޏެވެ.