ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކުރާގޮތުގައި އަޖޭ ވަނީ މުމްބައި ސިޓީއިން 60 ކްރޯަަޑް ރުޕީސްގެ އަގުހުރި “ސްޕްރައުރިންގް" ބަންގްލައު އެއް ގަނެފައެވެ.
މި ގެ ހުންނަނީ މިހާރުވެސް އަޖޭ، ކާޖޮލްގެ އިތުރުން އާއިލާ ދިރިއުޅެމުން އަންނަ ގެ ކައިރީގައެވެ.
އަޖޭގެ ތަރުޖަމާނުވަނީ އޭނާ ގެއެއް ގަތް ކަން ކަށަވަރުކޮށްދީފައެވެ.
އަޖޭ އާ ގެއެއް ބަލަމުން އަންނަތާ މިހާރު އެއް އަހަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަޖޭގެ އާ އަވަށްޓެރިންގެ ތެރޭގައި އަމީތާބް ބައްޗަން، ރިތިކް ރޯޝަން، ދަރްމެންދުރާ އަދި އަކްޝޭ ކުމާރު ފަދަ ތަރިން ހިމެނެއެވެ.