ads
ކައިވެނި
ވަކި މުއްދަތެއްގައި ދޭ ކައިވެނީގެ ހަދިޔާއިން ޓެކްސް ނެގޭ އިސްލާހެއް ހުށަހަަަޅައިފި
ކައިވެނިކުރާ ދެމީހަކަށް ވަކި މުައްދަތެއްގެ ފަހުންނާއި ކުރިން ލިބޭ "ކައިވެނީގެ ހަދިޔާ"އިން ޓެކްސް ނެގޭގޮތަށް "އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް" އިސްލާހު ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހަޅާފައިވަނީ މިއަދުގެ މަޖިލީހުގައި ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު އެވެ.

އެ އިސްލާހުގައިވާ ގޮތުން އެ ހަދިޔާއަކީ ކައިވެނީގެ މުނާސަބަތުގައި ލިބުނު އެއްޗެއް ކަމަށް ބަލާނީ އެއެއްޗެއް ކައިވެނި ކުރާ މުނާސަބަތުގައި ކައިވެނިކުރާ ދެ މީހުންކުރެ މީހަކަށް ލިބުނީ ކައިވެނިކުރާ ދުވަހުގެ ކުރިން ގިނަވެގެން 30 ދުވަހުގެ ތެރޭގައި ނުވަތަ ކައިވެނިކުރާ ދުވަހު ނުވަތަ ކައިވެނިކުރާ ދުވަހުގެ ފަހުން ގިނަވެގެން 30 ދުވަހުގެ ތެރޭގައި ލިބުނު ހަދިޔާއެއް ކަމަށް ވާނަމައެވެ. 

އެއަށްފަހު ނުވަތަ އެއަށްވުރެ ކުރިން ކައިވެނީގެ ހަދިޔާ ލިބިފައިވާނަމަ އެ އެއްޗަކުން ޓެކްސް ނަގާގޮތަށް އެ އިސްލާހު ވަނީ ހުށަހަޅާފައެވެެ.  

މި ބިލު މަޖިލީހަށް ހުށަހަޅަމުން މެންބަރު ޒާހިރު ވިދާޅުވީ، ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ 2019 ވަނަ އަހަރު ފާސްކުރި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްތިސްނާ ކުރުމަށާއި ރާއްޖޭގައި ވަޒަންވެރި ނުވާ ފަރާތްތައް ދައްކަން ޖެހޭ ބޭންކް ކޮމިޝަނާއި އިންޓަކަނެކްޝަން ޗާޖާ އަދި ރީއިންޝުއަރެންސް ޕްރިމިއަމް އިން ޓެކްސް ދެއްކުމުން އިސްތިސްނާ ކުރުމުގެ އިތުރުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށިފަހުން ގާނޫނު ތަންފީޒު ކުރުމުގައި ކުރިމަތިވަމުން އައިސްފައިވާ ދަތި ހައްލުކޮށް އެނިޒާމު ހަރުދަނާ ކުރުމަށްޓަކައި އެގާނޫނަށް ގެންނަންޖެހޭ އިސްްލާހުތައް ގެނައުމަށް ކަމަށެވެ. 

ރައްޔިތުންގެ އާއްމުދަނީއިން ދައުލަތައް މިފަދަ ގޮތަކަށް ޓެކްސް ދައްކަން ހުށަހެޅި އިސްލާހާއިއެކު މަޖިލީހުގެ ތެރޭގައި އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

0%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
63%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް