މި އެކްސިޑެންޓް ހިނގާފައިވަނީ ތިނަދޫ ހުޅަނގު ފަރާތުގެ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑެއްގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ މޫދަށް ވެއްޓިގެންނެވެ.
ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު "ސީއެންއެމް" މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާ ލިބުނު ތިން މީހަކު އެ ހޮސްޕިޓަލަށް ގެނެވުނު ކަމަށާއި އެތަނުން އެކަކުގެ ހާލު ސީރިއަސް ކަމަށެވެ.
އެކްސިޑެންޓްގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.