ads
ރާއްޖެއާ ސީރިއާ ކުރިން ކުޅުނު މެޗުގެ ތެރެއިން
ދޮޅު އަހަރު ތެރޭ ފުރަތަމަ މެޗު ހުކުރު ދުވަހު
ދޮޅު އަހަރެއްހާ ދުވަސް ފަހުން، ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ ރަސްމީ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ ސީރިއާއާ ދެކޮޅަށް ނުކުންނާނެއެވެ.

ދުބާއީގައި ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ރޭގަނޑު ނުވައެއް ޖަހާއިރުއެވެ.

ސީރިއާއާ ދެކޮޅަށް ރާއްޖޭން ކުޅޭ މި މެޗަކީ، ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެން ޖެހޭ ބާކީ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗެވެ. ދެތިން ބުރަށް މި މެޗުތައް ކޮވިޑާ ހެދި ލަސްކޮށްފައިވެއެވެ. ހުކުރު ދުވަހު ދުބާއީގައި ކުޅޭ މެޗަކީ ރާއްޖޭގެ ހޯމް މެޗެވެ. ކޮލިފައިންގައި ރާއްޖެއާ ސީރިއާ ކުޅުނު ރާއްޖޭގެ އަވޭ މެޗުވެސް ކުޅުނީ ދުބާއީގައެވެ. އެ މެޗު ދެ ލަނޑު އެއް ލަނޑުން ސީރިއާ ކާމިޔާބުކޮށްފައިވާއިރު، އެ މެޗުގައި ރާއްޖޭން ޖެހި ހަމައެކަނި ލަނޑު ޖެހީ ދަގަނޑޭއެވެ. ސީރިއާއާ ރާއްޖެ ކުޅޭ މެޗުގައި ދަގަނޑޭއަކަށް ނުކުޅެވޭނެއެވެ. އެއީ ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވްވެފައިވާތީއެވެ.

ކޮލިފައިންގައި ދޮޅު އަހަރެއްހާ ދުވަސް ފަހުން ރާއްޖޭން މެޗަކަށް ފުރަތަމަ ފަހަރަށް ނުކުންނައިރު، ސީރިއާ އޮތީ ޓޭބަލްގެ އެއްވަނައިގައެވެ. ރާއްޖެ އޮތީ ޓޭބަލްގެ ހަތަރުވަނައިގައެވެ. ރާއްޖެ ގްރޫޕުން ގުއާމް ނޫން ކޮންމެ ޓީމަކުންވެސް ކުޅެފައިވަނީ ފަސް މެޗެވެ. ގުއާމް ހަ މެޗު ކުޅެފައިވާއިރު، ހަ މެޗުންވެސް ބަލިވެ ގުއާމް އޮތީ ޓޭބަލްގެ ފުލުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް