ads
ފޮޓޯ: ޕޮލިސް މީޑިއާ----
ގެއެއް ބަލާފާސްކޮށް ހަރުކަށި ފިކުރުގެ ޒުވާނަކު ހައްޔަރުކޮށްފި
ގެއެއް ބަލާފާސްކޮށް ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގައި މާލޭ ސިޓީން 23 އަހަރުގެ ދިވެހި ޒުވާނަކު ހައްޔަރު ކޮށްފަ ވާކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ގެ ބަލާ ފާސްކުރުމަށްފަހުގައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. 

ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު ހަރުކަށި ފިކުރާއި ދެކޮޅަށް ރާއްޖޭގައި ފުލުހުން އަންނަނީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެއޮޕަރޭޝަންތަކުގެ ތެރެއިން ފުލުހުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން ހައްޔަރުކުރަމުންނެވެ. 

އެގޮތުން ނިމިދިޔަ މޭމަހުގެ 15ވަނަ ދުވަހު އައްޑޫއިން ހައްޔަރުކުރި މީހުންގެ އިތުރުން، އެމަހުގެ 19ވަނަ ދުވަހުގެ ވަގުތެއްގައި ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށް ބެލެވޭ މީހަކު މާލެއިން ހައްޔަރު ކޮށްފައިވާއިރު، ބ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަންގައިވެސް އެރޭ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެފަހުން މޭ މަހުގެ 20ވަނަ ދުވަހު ފުލުހުން ހުޅުމާލެއިން 27 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާއިރު، 27ވަނަ ދުވަހު ހަރުކަށި ފިކުރުގެ އިތުރު ތިން މީހަކު ހުޅުމާލެއިން ވެސް ވަނީ ހައްޔަރުކޮށްފައެވެ.  

އެހެންނަމަވެސް އައްޑޫއިން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން ފަސް މީހަކު އެކަށީގެންވާ ހެކިނެތިގެން ކޯޓުން ވަނީ އެމީޙުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ފޮނުވުމުން ދޫކޮށްލާފައެވެ. އަދި އެމައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕީޖީއިން ހުށަހަޅާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް