ads
ސަމާ އައިލެންޑް މޯލްޑިވްސް ރިޒޯޓުން ކަލިނަރީ ޗެލެންޖުގައި ބައިވެރިވި ޝެފުން -- ފޮޓޯ: ސަމާ އައިލެންޑް މޯލްޑިވްސް
ކަލިނަރީ ޗެލެންޖުން ގިނަ ވަނަތަކެއް ސަމާ އައިލެންޑް މޯލްޑިވްސް އަށް
މި މަހު ހަ ވަނަ ދުވަހު ދަރުބާރުގޭގައި ކުރިޔަށް ދިޔަ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުން ސަމާ އައިލެންޑް މޯލްޑިވްސް ރިޒޯޓުން ގިނަ ކާމިޔާބީތަކެއް ހޯދައިފިއެވެ.
Advertisement
ދަރުބާރުގޭގައި މިމަހު ހަވަނަ ދުވަހު ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގައި ސަމާ އައިލެންޑް މޯލްޑިވްސް ރިޒޯޓުން ގިނަ ކާމިޔާބީތަކެއް ހޯދައިފި އެވެ.

މިއަހަރުގެ ކަލިނަރީ ޗެލެންޖުގައި 70 ގައުމަކުން 400 ޝެފުން ބައިވެރިވެފައިވެ އެވެ. މިމުބާރާތް ކުރިއަށް ދިޔައީ 22 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

ސަމާ އައިލެންޑް މޯލްޑިވްސްގެ ޝެފުން ވަނީ ނުވަ ކެޓަގަރީ އަކުން ވަނަ ހޯދާފަ އެވެ. އެގޮތުން ދިވެހި ކެއުން ތައްޔާރުކުރުމުގެ ކެޓަގަރީން މުހައްމަދު ފަނީޒަށް ވަނީ ގޯލްޑް މެޑަލެއް ލިބިފަ އެވެ.

ދިނޭޝް މަޑުޝަންކާ ވަނީ "ހޮޓް ކުކިން ބީފް" ކެޓަގަރީން ސިލްވާ މެޑަލަކާއި "ހޮޓް ކުކިން ފިޝް ފިލެޓް" ކެޓަގަރީން ލޯ މެޑަލް ހޯދާފަ އެވެ.

މީގެއިތުރުން "ކްރިއޭޓިވް އޭޝިއަން ޑިޝް" ކެޓަގަރީން ރަމޭޝް ރަމަސަމީ ސިލްވާ މެޑަލެއް ހޯދާފައިވާއިރު "ހޮޓް ކުކިން ޕޯލްޓްރީ" ކެޓަގަރީން ވެސް އެ ރިޒޯޓުގެ ޝެފުން ވަނީ ވަނަތައް ހޯދާފަ އެވެ.

"ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލްނަރީ ޗެލެންޖް 2019"ގެ މެއިން ސްޕޮންސަރު، ބެސްޓް ބައި މޯލްޑިވްސް އިން ވަނީ މިމުބާރާތުން އެންމެ މޮޅު ވަނަތައް ހޯދި ފަރާތްތަކަށް ކަލިނަރީ ދާއިރާ އިން ތަމްރީން ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފަ އެވެ.

ސަމާ އައިލެންޑް މޯލްޑިވްސް ރިޒޯޓަކީ ސައުތް އޭޝިއާ ޓްރެވެލް އެވޯޑްސް އިން ވެސް ކާމިޔާބީތަކެއް ހޯދާފައިވާ ރިޒޯޓެކެވެ. އެގޮތުން "ސައުތު އޭޝިއާސް ލީޑިން ބީޗް ރިޒޯޓް" އާއި "ލީޑިން ބީޗް ރިޒޯޓް އިން މޯލްޑިވްސް" ގެ އެވޯޑް އެ ރިޒޯޓުން ވަނީ ތިން ފަހަރަށް ހޯދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް