ads
ކެނދިކުޅުދޫ ދާއިރާ މެމްބަރު އީސަ---
މެންބަރު އީސަ ގެ މައްޗަށް ދައުވާކޮށްފި
ކުރީގެ އަނބިމީހާ އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި މައްސަލައިގައި މެންބަރު އީސަގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފިޙުން ދައުވާ އުފުލައިފިއެވެ.
Advertisement

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އީސަގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގައި އޭނާގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 120 ވަަނަ މާއްދާގެ ދަށުން ދައުވާކޮށްފައިވާ ކަމަށެވެ. އެއީ މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަަމަ އީސަ އަށް ލިބޭނެ އެންމެ ބޮޑު އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ޝަފީއު ވިދާޅުވިއެވެ.

މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު، އަަސްރާ ނަސީމް އަށް، އީސަ ގެވެށި އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު، ދެމީހުންގެ ދެމެދު ހިނގައިދިޔަ އަރާރުމެއްގެ ތެރެއިން، އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އަސްރާގެ އަވަށްޓެރިން ވަނީ ބުނެފައެވެ. އަދި އެ މައްސަލައިގެ ބަޔާން އަސްރާ އަމިއްލަޔަށް ވަނީ ފުލުހުންނަށް ދީފައެވެ. ނަމަވެސް ދަރިފުޅުގެ ހައްގުގައި ކަމަށް ބުނެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އަސްރާ ވަނީ ފަހުން އެދިފައެވެ.

އެހެންނަމަވެސް ފުލުހުން ބުނެފައިވަނީ ވަކި މީހަކު އެދިގެން ޖިނާއީ މައްސަލައެއްގެ ތަހުގީގު ހުއްޓައި ނުލާނެ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިންމައި މެންބަރު އީސަގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މި މައްސަލައިގައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށްވެސް ޕީޖީ އިން ވަނީ މީގެ ކުރިން އެދިފައެވެ. ނަމަވެސް އީސަ ހައްޔަރުކުރުމުގެ އަމުރު ކޯޓުން ނެރެދީފައެއް ނުވެއެވެ. 

އީސަ ވަނީ އޭނައަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އީސަ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެ މައްސަލައާއި ގުޅިގެން އީސަ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުގައްރިރުކަމުން އެކަހެރިކުރުމަށްވެސް ނިންމާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް