ads
ނަބާ އަދި ނަބީ
ނަބާ އޮލިމްޕިކްސްއަށް
ޖަޕާނުގެ ޓޯކިޔޯގައި އަންނަ މަހު ފެށުމަށް ތާވަލު ކުރެވިފައިވާ އޮލިމްޕިކް ގޭމްސްއިން، ދިވެހި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާއަށް ފުރުސަތު ލިބިއްޖެއެވެ. ނަބާޙާ ވެގެންދާނީ އޮލިމްޕިކްސްގައި ވާދަކުރާ ދިވެހި ފުރަތަމަ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާއަށެވެ.

ނަބާހާއަށް އޮލިމްޕިކްސްއިން ފުރުސަތު ލިބުނީ ޓްރައިޕާ ޓައިޓް ސްލޮޓެއްގައެވެ. ޓްރައިޕާ ޓައިޓް ސްލޮޓަކީ ބެޑްމިންޓަން އެސޯސިއޭޝަނާ އޮލިމްޕިކް ކޮމިޓީ އަދި އިންޓަނޭޝަނަލް ފެޑެރޭޝަންތަކުން ކުރަމުން އަންނަ މަސައްކަތްތަކާ އެތްލީޓުގެ ރޭންކިންއާ މި ފަދަ ކަންކަމަށް ބަލައިގެން ދޭ ފުރުސަތެކެވެ.

ނަބާހާއަކީ ރާއްޖޭގެ ރޭންކިންގައި އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔާއެވެ. އޭނާވަނީ ބައިނަލް އަގްވާމީ މައިދާނުގައިވެސް ބެޑްމިންޓަނުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ދެހާސް ނަވާރަވަނަ އަހަރު ޕާކިސްތާނުގައި އޮތް އިންޓަނޭޝަނަލް މުބާރާތަކުން ހޯދި ރަން މެޑަލް ހިމެނެއެވެ.

ހަތަރު އަހަރުން ހަތަރު އަހަރުން ބާއްވާ އޮލިމްޕިކްސްއަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދެވެ. ޓޯކިޔޯ އޮލިމްޕިކްސްގައި ތެއްތިރީސް ކުޅިވަރަކުން ތިން ސަތޭކައަށްވުރެ ގިނަ އިވެންޓް އޮންނާނެ އެވެ. މިއީ މިދިޔަ އަހަރު ބާއްވަން އޮތް ގޭމްސްއެވެ. އެހެންނަމަވެސް ކޮވިޑާ ހެދި ގޭމްސް ފަސްކުރީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް