ads
ގައުމީ ޓީމުގެ ކޯޗު ކޫޕްމަން
ގައުމީ ޓީމާ އެކު ކޫޕްމަންގެ ފުރަތަމަ މެޗު މިރޭ
ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުކަމުގެ މަގާމަށް މީގެ އަހަރަކަށްވުރެ ކުރިން އައްޔަން ކުރި ނެދަލޭންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ސީރިޔާއާ ދެކޮޅަށް ނުކުންނާނެއެވެ. މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ ނުވައެއް ޖަހާއިރުއެވެ.
Advertisement

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ ހެޑް ކޯޗުކަމުގެ މަގާމަށް ހަމަ ޖެއްސި ކޫޕްމަންގެ އިރުޝާދުގެ ދަށުން، ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް މިރޭ ނުކުންނައިރު، ކޯޗަށް އެފްއޭއެމުން ހަވާލުކޮށްފައިވާ މައިގަނޑު ޓާގެޓަކީ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިކޮށްދިނުމެވެ. މި ޓާސްކު ފުރިހަމަ ކުރުމަށް ކޫޕްމަންއަށް އޮތީ އެންމެ ކުރު މަގަކީ ބާކީ އޮތް ތިން މެޗެވެ. ފަސް ޓީމު ހިމެނޭ ގްރޫޕުގެ ހަތަރުވަނައިގަ މި ވަގުތު އޮތް ރާއްޖެއަށް އޭޝިއަން ކަޕަށް ދިޔުމަށް އޮތީ މި ތިން މެޗުގެ އިތުރުން ހުރިހާ ގްރޫޕެއްގެ ތިންވަނަ އަދި ހަތަރުވަނައަށް އަންނަ އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ ތެރެއިން އޮތް ހަނި ފުރުސަތެކެވެ.

ކޫޕްމަން ރާއްޖެ ޓީމު ގޮވައިގެން ފުރަތަމަ ފަހަރަށް މިރޭ މެޗަކަށް ނުކުންނައިރު، ދިވެހި ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަޝްފާގަށް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. އަޝްފާގުވަނީ މި ދިޔަ ހަފުތާ ތެރޭ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއާ ސީރިއާ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. އެ މެޗުގައި ރާއްޖޭން ޖެހި ލަނޑު ޖެހީ އަޝްފާގުއެވެ. މިރޭގެ މެޗަށް ނުކުންނައިރު ރާއްޖެ އޮތީ ޓޭބަލްގެ ފުލުން ދެވަނައިގައި ހަ ޕޮއިންޓާ އެކުއެވެ. ރާއްޖެ މޮޅުވީ ގުއާމާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. ޗައިނާ، ފިލިޕީންސް އަދި ސީރިއާ އަތުން ބަލިވެފައިވާއިރު ބާކީ ކުޅެން އޮތީވެސް އެ ތިން ޓީމާއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް