ads
މީރާ ކަޕޫރު
އަހަރެން ތުންފަތް ރީތި ކުރުމަށް ފިލްޓާއެއް ބޭނުމެއް ނޫން: މީރާ
ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ކަޕޫރު އަކީ ތަރިއަކަށް ނުވިއަސް ތަރިއަކަށް ދޫކުރާ ވަރުގެ މީހެއް ނޫނެވެ. އެހާމެ ރީތިވެފައި އަދި ސޯޝަލް މީޑިއާގައި ނުފޫޒް ގަދަ މީހެކެވެ.

މީރާ އަކީ އަމިއްލަ މީހާއަށް ލިބިފައިހުރި ސިފަތަކަށް ޝުކުރުވެރިވެގެން އުޅެން އުޅޭ މީހެއްގެ މިސާލެކެވެ.

އެގޮތުން ދާދި ފަހުން މީރާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ސެލްފީއެއް ހިއްސާކޮށްފައެވެ. އިންސްޓަގްރާމް ބޭނުންކުރާ ގިނަމީހުން ފަދައިން މީރާވެސް ލިޕް ފިލްޓާ ބޭނުންކުރިއެވެ. އެކަމަކު މީރާއަށް ލިޕް ފިލްޓާ ކަމަކު ނުދިޔައެވެ. 

މީރާ ވަނީ އެފަހުން އިތުރު ފޮޓޯއެއް ލިޕް ފިލްޓާ އާއި ނުލައި ހިއްސާކޮށްފައެވެ. އެ ފޮޓޯގެ ކަނާތް ފަރާތުގައި ރަތް ކުލައިގެ ލިޕް ސްޓިކާއެއްވެސް ޖަހާފައި އިނެވެ. މީރާ ބުނަނީ އޭނާގެ އަސްލު ތުންފަތް މާ ރީތި ކަމަށެވެ. 

your imageމީރާ ލިޕް ފިލްޓާ އެކީ ފުރަތަމަ ހިއްސާކުރި ފޮޓޯ

your imageފިލްޓާ އަކާއި ނުލާ މީރާ ހިއްސާކުރި ފޮޓޯ

މީރާ އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި މީހެކެވެ. އޭނާ ސޯޝަލް މީޑިއާ ޕޯސްޓެއް ހިއްސާ ނުކުރާ ދުވަހެއް މަދުވާނެއެވެ. 

ދާދި ފަހުން ޝާހިދުގެ މަންމަ ނީލިމާ އަޒީމް ވަނީ ޝާހިދު މީރާ ދެކެ ފުރަތަމަ ނަޒަރުން ލޯބިވާ ވާހަކަ ބުނި ލަދުން އުޅުނު ވާހަކަ ވެސް ހިއްސާކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް