ads
ކޮވިޑްގައި މަރުވި މީހަކު ވަޅުލަނީ- ފޮޓޯ: ޕީއެސްއެމް
މަރުވި މީހާގެ އާއިލާއިން ބަލިމީހާ ކޮވިޑްފެސިލިޓީއަށް ގެންދަން ބޭނުން ނުވި
ދ. ބަނޑިދޫން ކޮވިޑު ޖެހިގެން މަރުވި މީހާ މަރުވެފައިވަނީ އޭނާއަށް ފަރުވާ ދިނުމަށް ކޮވިޑް ފެސިލިޓީއަށް ބަލިމީހާ ބަދަލުކުރުމަށް އެދުމުން ވެސް އާއިލާއިން އެކަމަށް އެއްބަސްނުވެގެން ކޮވިޑް ފެސިލިޓީއަށް ބަލިމީހާ ބަދަލުނުކުރެވިގެން އުޅެނިކޮށް ކަމަށް ދ. ބަނޑިދޫ ހެލްތްސެންޓަރު ބުނެފި އެވެ.

ބަނޑިދޫ ހެލްތް ސެންޓަރުގެ ސީނިޔާ އެޑްމިނިސްޓްރޭޓަރު އަބޫބަކުރު ޝައްމޫން ސީއެންއެމަށް ވިދާޅުވީ މިއަދު އެރަށުން މަރުވި މީހާގެ ސާމްޕަލް ސާމްޕަލް ޕޮޒިޓިވްވުމާ ގުޅިގެން ލ. އަތޮޅުގެ ކޮވިޑް ފެސިލިޓީއަށް ބަލިމީހާ ބަދަލުކުރުމަށް އާއިލާގައި އެދިފައިވާނެ ކަމަށެވެ. 

އެހެން ނަމަވެސް އެ ސަރަހައްދުގެ ކޮވިޑް ފެސިލިޓީއަށް ޕޭޝެންޓް ގެންދަން ބޭނުންނުވާ ކަމަށް ބުނެ 23 މެއި ވަނަ ދުވަހު ވަނީ ބަލިމީހާގެ އާއިލާއިން އިގުރާރެއްގައި ސޮއިވެސް ކޮށްފައި އޭނާ ވިދާޅުވި އެވެ.

އެއަށްފަހު ބަލިމީހާގެ އާއިލާގެ ފަރާތުން ކޮވިޑް ފެސިލިޓީއަށް ބަލިމީހާ ބަދަލުކޮށްދިނުމަށް އެދިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ޝައްމޫން ވިދާޅުވެފައިވެއެވެ. ޝައްމޫން އިތުރަށް ވިދާޅުވީ އާއިލާއިން ބަލިމީހާ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރަން ބޭނުންވެގެން އެދުމުން އެ އިންތިޒާމް ހަމަޖައްސައިދީފައި ކަމަށެވެ. 

"އެގޮތުން ބަލިމީހާ މަރުވި މިއަދު 1:30ގައި ބަލިމީހާ ފެސިލިޓީއަށް ގެންދިޔުމަށް އެމްބިއުލާންސް ފޮނުވަންވެސް ހަމަޖައްސާފައިވަނިކޮށް،" ޝައްމޫން ވިދާޅުވި އެވެ.

މިކާމާ ގުޅިގެން މަރުވި ފަރާތުގެ އާއިލާގެ ބަހެއް ލިބޭތޯ ސީއެންއެމް އިން މަސައްކަތް ކުރުމުން އާއިލާގެ ފަރާތުން ފޯނަށް ޖަވާބު ނުދޭތީ އާއިލާގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެެވެ.

ކޮވިޑް ގައި މީހުން މަރުވާ އަދަދު ރާއްޖޭގައި ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މިއަދުވެސް މިވަނީ އިތުރު މީހަކު ބަލީގައި މަރުވެފައެވެ.

މިހާތަނަށް 175 މީހުން ކޮވިޑްގައި ރާއްޖެއިން މަރުވެފައިވާއިރު، މިއަދު  11:17ގައި ބަނޑިދޫއިން މަރުވި 77 އަހަރުގެ ފިރިހެނެކެވެ.

0%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް