ރާއްޖެ ކޮޅަށް ޖެހި ހަތަރު ލަނޑާ އެކު ހޯދި ތިން ޕޮއިންޓާ އެކު ޓޭބަލްގެ އެއްވަނައިގަ ސީރިއާ އޮތީ ހަ މެޗުން އަށާރަ ޕޮއިންޓާ އެކުއެވެ. އެ ޓީމުންވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަ މެޗުންވެސް މޮޅުވެފައެވެ. ރާއްޖެ ކޮޅަށް ހަތަރު ލަނޑު ހުކުރު ދުވަހުގެ ރޭ ޖެހިއިރު، ރާއްޖެއާ ދެކޮޅަށް ފުރަތަމަ ކުޅުނު މެޗުން މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ.
ރާއްޖޭގެ ޓީމަށް ހުކުރު ދުވަހުގެ ރޭ ލަނޑެއް ނުޖެހި ބޮޑު ތަފާތަކުން ބަލިވިނަމަވެސް ރާއްޖެއަށްވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. އަދި ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލްވަނީ ރަނގަޅު މޮޅު ކުޅުމެއް ދައްކާފައެވެ.
ކޮލިފައިންގައި ރާއްޖޭން ދެން ނުކުންނާނީ ވަރުގަދަ ޗައިނާއާ ދެކޮޅަށެވެ. ރާއްޖެއާ ޗައިނާގެ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.