ads
ހައިލަމް-- ފޮޓޯ: އަވަސް
އިހުމާލުވި ފަރާތްތަކާމެދު ޖިނާއީ ތަހުގީގު ހިންގުމަށް ހައިލަމް ގޮވާލައްވައިފި
މިޝްކާގެ މަރުގެ މައްސަލައިގައި އިހުމާލުވެފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ގޮވާލައްވައިފިއެވެ.
Advertisement

މިކަމާ ގުޅިގެން ހައިލަމް ސީއެންއެމް އަށް ވިދާޅުވީ ގާނޫނު އަސާސީގެ 112 ވަނަ މާއްދާގައި ބުނާގޮތުން މީހަކު ކުރާ އިހުމާލުގެ އަމަލަކުން އެހެން މީހަކު މަރުވެއްޖެ ނަމަ އެ އަމަލު ކުރި މީހާ އެ ކުރަނީ ކުށެއް ކަމަށެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކުގެ އިހުމާލުން ބަލި މީހާގެ ކޭސް އަކީ އެމަޖެންސީ ކޭސްއެއް ކަން ނޭނގި، އެފަރާތުގެ އިހުމާލަކުން މީހަކު މަރުވި ނަމަވެސް ދައުވާ ކުރެވޭނެ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ކޮވިޑު ބަލީގައި ނިޔާވި އުމުރުން 11 އަހަރުގެ ފާތުމަތު މިޝްކާ ނިޔާވި މައްސަލައިގައި އެމްބިއުލާންސް ފޮނުވުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާކަމަށް ހެލްތު މިނިސްޓްރީ އިން ނެރުނު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ހައިލަމް ވިދާޅުވީ އެމަޖެންސީއެއްގެ ގޮތުގައި ރިޕޯޓު ކުރެވުނު ފަހުން އެންބިއުލަންސް ފޮނުވަން 2 ގަޑިއިރާއި 26 މިނިޓް ހޭދަވުމުން މިޝްކާގެ މަރުގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އޮތް މިންވަރު ހާމަވެގެންދާ ކަމަށެވެ. އަދި އެ ކަމުގައި އިހުމާލު ވެފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ހައިލަމް ވަނީ ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ގޮވާލާފައެވެ.

މިޝްކާ މަރުވި ދުވަހު އެތައް ފަހަރަކު އޭނާގެ ބެލެނެވެރިން ކޯލް ސެންޓަރަށް ގުޅައި އެމަޖެންސީގައި އެމްބިއުލާން ފޮނުވައިދޭން އެދިފައިވީ ނަމަވެސް، އެމްބިއުލާންސް އެގެއަށް ދިޔައީ ބެލެނެވެރިއާގެ ފަރާތުން މީހަކު ދަރުބާރުގެއަށް ދިއުމުން ކަމަށް ހެލްތު މިނިސްޓްރީން ނެރުނު ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އެމަޖެންސީއެއްގެ ގޮތުގައި ރިޕޯޓްކުރެވުނު ހިސާބުން އެމްބިއުލަންސް އެކްޓިވޭޓް ނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވާކަން ކަން ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. 

މިޝްކާގެ މަރުގެ މައްސަލައިގައި އާއިލާގެ ފަރާތުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްފައިވާ ކަމަށާއި، އިހުމާލު އޮތީ ކަމާބެހޭ ފަރާތްތަކުގެ ކޮޅުގައި ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް