ads
އަޔުޝްމަން އަދި ރިންކޫ
އަޔުޝްމަން ކުރާނާގެ "ޑްރީމް ގާލް"ގެ ކޯ ސްޓާ ރިންކޫ ސިންގް ކޮވިޑް ޖެހިގެން މަރުވެއްޖެ
ރިންކޫ ސިންގް ކޮވިޑް 19 އަށް ޕޮސިޓިވް ވެފައިވަނީ ނިމުނު ޖޫން މެއި މަހުގެ 25ވަނަ ދުވަހުގައެވެ. އަދި ކޮވިޑްގެ ނުރައްކާތެރި ވައިރަސްއާ ހަނގުރާމަ ކުރުމުގައި އައިސީޔޫގައި އޮތުމަށްފަހުގައި ހާލުދެރަވުމުގެ ސަަބަބުން އޭނާ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ރިންކޫ އަކީ އަޔުޝްމަންގެ "ޑްރީމް ގާލް"ގެ ކޯ ސްޓާރެއްގެ އިތުރުންވެސް ބައެއް ފިލްމުތަކުން ފެނިގެން ގޮސްފައިވާ މޫނެކެވެ. ރިންކޫގެ އާއިލާ މީހުން ބޭރުގެ އޮންލައިން ނޫސްތަކަށް މައުލޫމާތު ދީފައިވާގޮތުގައި ރިންކޫ އެންމެ ފުރަތަމަ ހޯމް އައިސޮލޭޝަންގައި ހުރުމަށްފަހު އޭނާގެ ހާލު ސީރިއަސްވުމާއި ގުޅިގެން ހޮސްޕިޓަލަށް ބަދަލުކުރީ އެވެ.

your imageރިންކޫ 

"ބޮލީވުޑްލައިފް"އަށް ދީފާއިވާ މައުލޫމާތުގައި ރިންކޫގެ އާއިލާ މީހުން ބުނެފައިވަނީ ރިންކޫއަކީ އަބަދުވެސް ވަރަށް އުފާވެރިކޮށް ހުންނަ އަދި ވަރަށް އެނަޖެޓިކް މީހެއް ކަމުގައެވެ. އަދި ހޮސްޕިޓަލުގައި ހޭދަވި ވަގުތުގައި އެންމެ ހާލުދެރަވި އިރުވެސް، އޭނާ ވަނީ އެތަނުގައި އުޅޭ އެހެން ބަލި މީހުންނަށް އެހީތެރިވުމުގައި ވަގުތު ހޭދަކޮށްފައި ކަމަށެވެ. 

ރިންކޫއަށް ކޮވިޑް ޖެހިގެން މަރުވެފައިވާއިރުގައި، އޭނާގެ ބައެއް އާއިލާ މީހުންވެސް ވަނީ ކޮވިޑްއަށް ޕޮސިޓިވް ވެފައިކަމުގައި ބޭރުގެ މީޑިއާތަކުން ބުނެއެވެ. އޭގެ އިތުރުންވެސް ރިންކޫ މަރުވެފައިވަނީ ގޯއާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެޑް ޝޫޓިންގް އަކަށް އޭނާ ދިޔުމަށް ހަމަޖެހިފައި ވަނިކޮށެވެ. އެހެން ނަމަވެސް ކޮވިޑްގެ ނުރައްކާ ބޮޑުކަމުން އޭނާގެ އާއިލާއިން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް