ads
ލަންކާގެ ކީޕަރު ސުޖަން
ބަލިވިޔަސް ލަންކާއިން އުއްމީދީ ކުޅުމެއް
ވޯލްޑްކަޕް ކޮލިފައިންގައި އަވައްޓެރި ސްރީލަންކާ ލުބްނާނު އަތުން ބަލިވެއްޖެއެވެ. ލަންކާއާ ލުބްނާނު ބައްދަލު ކުރި މެޗުން ލަންކާ ބަލިވީ ތިން ލަނޑު ދެ ލަނޑުންނެވެ.

ދެކުނު ކޮރެއާގައި ލަންކާ ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅެވޭއިރު ލަންކާއާ ލުބްނާނުގެ މެޗު އޮތީ މިއަދުއެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މެޗުގެ ވަރަށް ކުރީކޮޅު ލަންކާއިންނެވެ. އޭނގެ ފަހުން ލުބްނާނުން ތިން ލަނޑު ޖެހިއެވެ. ދެވަނަ ހާފުގައި ލަންކާއިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. ލަންކާގެ ދެ ލަނޑުވެސް ޖެހީ ވަސީމް ރަޒީކްއެވެ.

ލަންކާއާ ލުބްނާނު ކުޅުނު މެޗުގައި، ލަންކާގެ ކީޕަރު ސުޖަން ޕެރޭރާވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ސުޖަންއަކީ ގިނަ ދުވަސްތަކެއްވަންދެން ރާއްޖޭގައި ކުޅުނު ކީޕަރެކެވެ.

ލަންކާއާ ލުބްނާނު މިއަދު ކުޅުނު މެޗަކީ ލަންކާގެ އާ ކޯޗު އާމިރު އަލަގިޗްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އާމިރު އަލަގިޗަކީ ކުރިން ރާއްޖޭގެ ނިއުރޭޑިއަންޓަށް ދުވަސްކޮޅަކު ކޯޗުކޮށްދިން ކޯޗެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް