ads
މެމްބަރު ހައިތަމްގެ ކައިވެނީގެ ހަފްލާގެ ތެރެއިން--
މެންބަރު ހައިތަމް އާއި އޭނާގެ އަނބިކަނބަލުންނަށް ބަޔަކު އިންޒާރުދީފި
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް އާއި އޭނާގެ މިހާރުގެ އަނބިކަނބަލުން ޝަޖާން މުއާޒަށް ބަޔަކު އިންޒާރުދީފި އެވެ.
Advertisement

ސީއެންއެމްއަށް އެކަން ހިގާދިޔަ ގޮތް ސާފުކޮށްދެއްވަުން މެންބަރު ހައިތަމް ވިދާޅުވީ އިންޒާރު ދީފައިވަނީ ހަތަރު މީހުންގެ ގުރޫޕަކުން ކަމަށެވެ. ހައިތަމް އާއި އޭނާގެ އަނބިކަނބަލުން ދިރއުޅޭ އެޕާޓުމެންޓު ދޮރުމައްޗާއި ހަމައަށް އޭގެތެރެއިން ދެމީހަކު ފަހަތުން އިންޒާރު ދެމުންދިޔަަކަމަށާއި، އަނބިކަނބަލުން ޝަޖާންއާ ވެސް ވަރަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ އިންޒާރު ދީފައިވާކަމަށް ހައިތަމް ވިދާޅުވިއެވެ. 

ހައިތަމް އާއި އޭނާގެ މިހާރުގެ އަނބިކަނބަލުން ކައިވެނި ބައްލަވާގެންފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މިހާރު ޝަޖާން ބަނޑުބޮޑުވެފައިވާއިރު، އޭނާގެ ބަނޑަށް މިހާރު ހަ މަހެވެ. 

ހައިތަމް ވިދާޅުވީ އަނބިކަނބަލުން މިވަގުތު ބަލިވެއިންއިރު، މާބަނޑު މީހަކާއި ދިމާލަށް އިންޒާރުދީ ހެދުމުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މައްސަލަ އެއް އުޅޭނަމަ އެއޮންނަ ގޮތެއްގެ މަތިން އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދަންވީ ކަމަށާއި އެހެން ނަމަވެސް އެގޮތަށް ފެންނަހާ ތާކުން އިންޒާރުދިނުން އެއްގޮތަކަށްވެސް ބަލައި ނުގަނެވޭ ކަމަށެވެ. 

"އަންހެނުންވެސް ހުރި އެމީހުން ފަހަތުން އެއްޗެހި ކިޔަމުން އެޕާޓުމެންޓާއި ހަމަޔަށްވެސް އާ، އަންހެނުން ފޯނު ނަގާގެން ރިކޯޑުކުރަން އުޅުމުންވެސް އޭނާ އާއި ދިމާލަށްވެސް ހުތުރުކޮށް އެއްޗެހި ކިޔާ އިންޒާރުދީ ހެދި، އޭނާ މިވަގުތު އިނީ ބަލިވެ، އެހެންވީމަ މާބަނޑު އަންހެނަކާއި ދިމާލަށް އެގޮތައް އިންޒާރުދީ އެއްޗެހި ކިޔާހެދުން ބަލައެއް ނުގަނެވޭ" ހައިތަމް ވިދާޅުވިއެވެ.

ހައިތަމް އިތުރަށް ވިދާޅުވީ މީގެ ކުރިންވެސް އެފަދަ އެތައް ފަހަރަކު އިންޒާރުދީ ޖެއްސުންކޮށް ހަދާފަވާކަމަށާއި، އެ މައްސަލަތައް ފުލުހަށް ހުށަހަޅާފައި މީގެ ކުރިންވެސް ވާނެ ކަމަށެވެ. މިފަހަރު ވެސް ފުލުހަށް އެ މައްސަަލަ ރިޕޯޓުކޮށްފައިވާނެ ކަން ފާހަގަކުރަމުން އައިލަމް ވިދާޅުވީ، އެކަން ފުލުހުން މިހާރު ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ އެފަދަ މައްސަލައެއް ރިޕޯޓުކުރެވިފައިވާ ކަމަށާއި އެކަން ހިނގައިދިޔަގޮތް މިހާރު ސާފުކުރަމުންދާ ކަމަށެެވެ. އިންޒާރުދިނީ ކީއްވެކަމެއް އަދި ސާފެއްނުވެ އެވެ.

ހައިތަމްއަށް ބަޔަކު އިންޒާރުދީފައިވާއިރު، އެންބިއުލާންސް އައުން ލަސްވެ، ކޮވިޑް ބަލީގައި މަރުވި 10 އަހަރުގެ މިޝްކާގެ މަރުގެ މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތްތައް މަޖިލީހަށް ހާޒިރުކުރުމަށް މިމަހުގެ ދެވަނަ ދުވަހު ހައިތަމް ވަނީ ހުށަަހަޅާފައެވެ.  

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް