ads
ރައީސް ކުރެއްވި ޓްވީޓް ޑިލީޓްކުރުމުން ނައިޖީރިއާ ސަރުކާރުން ވަނީ ޓްވިޓާ އެގައުމުގައި މަނާކޮށްފަ
ނައިޖީރިއާގެ ރައީސް ކުރި ޓްވީޓް ޑިލީޓް ކުރުމުން، އެގައުމުން ޓްވިޓާ މަނާކޮށްފި
ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ކުރި ޓްވީޓެއް، ޓްވިޓާއިން ޑިލީޓްކުރިތާ ދެ ދުވަސް ފަހުން އެގައުމުން ޓްވިޓާ ބޭނުންކުރުން މަނާކޮށްފި އެވެ.

ނައިޖީރިއާ ސަރުކާރުން ވަކި މުއްދަތެއް ނެތް ގޮތަށް ޓްވިޓާ ސަސްޕެންޑްކުރަން ނިންމިތާ އެއް ދުވަސް ފަހުން ނައިޖީރިއާގެ ޓެލެކޮމް އޮޕަރޭޓަރުން ވަނީ އެގައުމުގައި ޓްވިޓާ ބޭނުން ނުކުރެވޭ ގޮތަށް ހަދާފައެވެ.

އަލްޖަޒީރާގައި ރިޕޯޓްކުރާ ގޮތުގައި އެފްރިކާގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ގައުމުގައި ޓްވިޓާ މަނާކޮށްފައިި ވަނީ އެގައުމުގެ ރައީސް ބުހާރީގެ ޓްވީޓެއް ޓްވީޓާގެ ގަވައިދުތަކާއި ހިލާފުވުމުން އެ މައިކްރޮބްލޮގް ސައިޓުން ޑިލީޓްކުރިތާ ދެ ދުވަސް ފަހުންނެވެ. 

އެގައުމުގެ އިންފޮމޭޝަން މިނިސްޓްރީގެ ތަރުޖަމާނު ސެގެން އެޑޭމީ ވިދާޅުވީ އެގައުމުގެ މައި ސަރުކާރުން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް އެގައުމުގައި ޓްވިޓާ ސަސްޕެންޑްކޮށްފައި ކަމަށެވެ.

އެކާމާ ގުޅިގެން ޓްވިޓާއިން ބުނީ ނައިޖީރިއާގެ ސަރުކާރުގެ އަމަލުތައް ހުރީ "ވަރަށް ކަންބޮޑުވާ" ގޮތަކަށް ކަމަށެވެ. 

އަޅުގަނޑުމެން މިދަނީ އެކަންތައް ތަހުގީގު ކުރަމުން، އިތުރު ތަފްސީލެއް ދެވޭނީ މައުލޫމާތު ލިބޭ ވަރަކުން. ޓަވިޓާއިން ނެރުނު ބަޔާނެއެއްގައި ބުނެފައިވެއެވެ.

ނައިޖީރިއާގެ ސަރުކާރުން ޓްވިޓާ މަނާކުމުން އިންސާނީ ހައްގުތައް ހިމާޔާތް ކުރާ ފަރާތްތަކާއި އަދި ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ ކުށްވެރިކޮށްފައެވެ. 

ހުކުރު ދުވަހު އެމްނެސްޓީ އިންޓަނޭޝަނަލްއިން ވެސް ނައިޖީރިއާ ސަރުކާރުން ޓްވިޓާ މަނާކުރި ކުރުން ކުށްވެރިކޮށްފައެވެ. އެމްނެސްޓީ އިން މިއަަމަލު ސިފަ ކުރީ "ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ސެންސަރު ކުރުމުގެ" ގޮތަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް