ads
ކޮޓިނީ އޭނާ އުފެއްދި ޑަސްބިނާއެކުގައި
އިންޑިޔާ ދަރިވަރަކު ސްމާޓް ޑަސްބިނެއް އުފައްދައިފި
އިންޑިޔާގެ ދަރިވަރަކު ސްމާޓް ޑަސްބިނެއް އުފައްދައިފިއެވެ. މިއީ އޮޓަމެޓިކް ޓަޗް ފްރީ ޑަސްޓްބިނެކެވެ.

އިންޑިޔާގެ ޖީ.އައި.އީ.ޓީ ޔުނިވާސިޓީގައި ބީ-ޓެކް އިންޖިނިއަރިންއަށް ކިޔަވަމުންދާ ދަރިވަރެއް ކަމުގައިވާ، ކޯޓިނީ މާނީ އުފައްދާފައިވާ މި ޑަސްޓްބިނަކީ ވަރަށް އާދަޔާ ޚިލާފު ޑަސްބިނެކެވެ. 

ސޯޝަލް މީޑިޔާގައި ކޯޓިނީ މާނީ ވަނީ އޭނާ އުފެއްދި ޑަސްބިން މަސައްކަތްކުރާގޮތް ދައްކާލައި ވީޑިއޯއެއް އާންމުކޮށް އަދި އޭނާގެ މަސައްކަތްތައް ދުނިޔެއަށް ދައްކާލުމަށް އެހީތެރިވުމަށް އެދި އަދި ޔޫޓިޔުބްގައި އޭނާގެ ޗެނަލްއަށް ސަބްސްކްރައިބް ކުރުމަށްވެސް އެދިފައެވެ. 

ވީޑީއޯއިން ފެންނަނީ ވަރަށް އާދައިގެ ޑަސްބިނެއް ނަމަވެސް ވަރަށް އާދަޔާ ޚިލާފުވެސް ޑަސްބިނެކެވެ. އެގޮތުން ޑަސްބިނާ މީހަކު ކައިރިވުމުން ނުވަތަ އެއްޗެއް ކައިރިވެއްޖެނަމަ ޑަސްބިނުގައިވާ ހާއްސަ ފީޗާއަކުން އެކަން ދެނެގަނެއެވެ. އަދި ޑިސްބިން އަމިއްލައަށް ހުޅުވި ޑަސްބިނަށް އެއްޗެއް ލެވުމުން އަމިއްލައަށް ލެއްޕެއެވެ. 

މިހާރަކަށް އައިސް މިފަދަ ތަފާތު އުފެއްދުންތަކުން ސޯޝަލް މީޑީއާ ވަނީ ފުރާލާފައެވެ. އަދި މިފަދަ ކަންތައްތަކުގެ ސަބަބުން ދިރިއުޅުމަށް ފަސޭހަ އެތައް އުކުޅުތަކެއް ވަނީ ފެނިގެންގޮސްފައެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް