ads
މުއާ އަދި އައްޒަ
ޕްރޮޖެކްޓްތަކަށް ގޮސް އުޅޭގޮތް މުއާ އަށް އެނގޭ: އައްޒަ
ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ އާއި ފިލްމީ ތަރި މުއާޒް އަބްދުﷲ ގެ ކައިވެންޏަށް މިހާރު އަހަރެއް ވެފައިވާއިރު އެ ދެމަފިރިން ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.
Advertisement

ޓީވީ ޕްރޮގުރާމަކަށް އައްޒަ މީގެ ކުރިން ދިން އިންޓަވިއެއްގައި އޭނާ ވަނީ ފިރިމާހާ މުއާގެ ރަނގަޅު ސިފަތައް ފާހަގަކޮށް އޭނާގެ ހިތުގައި މުއާ އަށް އޮތް ލޯބި ހާމަކޮށްފައެވެ.

އައްޒަ ބުނީ އެންމެ ބޮޑު ސަޕޯޓު މިހާރު ލިބެމުންދަނީ ފިރިމީހާ މުއާގެ ފަރާތުން ކަމަށެވެ. އަދި އެންމެ ފަސޭހަ ވަނީ މުއާ އަކީ ވަރަށް އަންޑަސްޓޭޑިން މީހަކަށް ވާތީ ކަމަށް އައްޒަ ބުންޏެވެ. އެގޮތުން ފިލްމީ ދާއިރާގައި މުއާގެ ކިބައިން ވަކި ކަމެއް ނުކުރުމަށް ރިސްޓްރިކްޝަންސް ނާންނަ ކަމަށާއި ނަމަވެސް މުއާ އޭނާ ކުރާ ކަންތައްތަކަށް އެޑްވައިޒް ދީ އެކަންކަން ޑިސްކަސް ކުރާ ކަމަށް އައްޒަ ބުންޏެވެ.

ދެމީހުންވެސް އެކީ ފިލްމުތަކުގައާއި، ޕްރޮޖެކްޓުތަކުގަ މަސައްކަތް ކުރެވިފައި ހުރުމުން އައްޒަ ޕްރޮޖެކްޓުތަކަށް ގޮސް އުޅެނީ ކިހިނެއްކަމާ، ޑިސިޕްލިން ހުންނަގޮތް މުއާ އަށް އެނގޭ ކަމަށާއި އެހެންކަމުން މުއާ ނުލާ ދިޔަޔަސް އައްޒަ އުޅޭނެގޮތް މުއާއަށް އެނގޭތީ އެއްވެސް ވަރަކަށް ދެމީހުންގެ ދޭތެރޭ ޝައްކު ނުކުރާ ކަމަށްވެސް އައްޒަ ކިޔައިދިނެވެ.

"ދެމީހުންނަށްވެސް ފިލްމުތަކުގައާ ޕްރޮޖެކްޓުތަކުގަ ވޯކު ކުރެވިފަ ހުރީމަ. އެއްކަލަ މުއާ އަށްވެސް އެނގޭ އައްޒަ ޕްރޮޖެކްޓުތަކަށް ގޮއްސަ އުޅެނީ ކިހިނެއްކަމާ، ޑިސިޕްލިން ހުންނަނީ ކިހިނެއް ކަމާ. އެހެންވީމަ ދެން މުއާ ނުލާ ދިޔަޔަސް އެނގޭނެތާ ހަމަ އެހެންކަން އުޅޭނީ. ސޯ އެ ޑައުޓެއް ދެމީހުން ދޭތެރޭ ނީންދޭ އަސްލު. ދެން އެހެންވީމަ ވަރަށް ފަސޭހަ އަސްލު ވޯކު ކުރަންވެސް." އައްޒަ

އައްޒަ އިތުރަށް ބުނީ ޕްރޮޖެކްޓްތަކަށް ދާން ރެޑީވާއިރުވެސް އޭނާ އެއްޗެއް ނުލައި ދާނަމަ މުއާ ހަނދާންކޮށްދޭ ކަމަށާއި، މުއާ އަކީ ވަރަށް ސަޕޯޓިވް ވަރަށް ރަނގަޅު ބައިވެރިއެއް ކަމަށެވެ.

18%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
55%
ވަރަށް ސަލާމް
ކޮމެންޓްސް