ads
ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހީމް މުހައްމަދު---
ހިސާންގެ ބިލަށް އިސްލާމިކް މިނިސްޓްރީގެ ލަފާ ނުހޯދާ: އިއްބެ
މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ނުކުރެވޭ ބިލަށް، އިސްލާމިކް މިނިސްޓްރީއާއި ކަމާބެހޭ ފަރާތްތަކުގެ ލަފާ ހޯދާފައި ނެތް ކަމަށް ރައްޔިތުންގެ އިއްތިހާދު ޖަމިއްޔާގެ ރައީސް އިބްރާހީމް މުހައްމަދު ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ އިއްތިހާދަކީ 30 އަށް ވުރެ ގިނަ މަދަނީ ޖަމިއްޔާ ގުޅިގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ.

އިސްލާމީ އަގީދާއާ ގުޅުވައި މުޖްތަމައުގައި މީހަކާ މެދު ނަފްތަރު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން އެވެ.   

ސީއެންއެމް ގެ "އިތުރުކާފު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ބިލުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި އިބްރާހީމް މުހައްމަދު ވިދާޅުވީ އެ ބިލުގެ ސަބަބުން އިސްލާމްދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ހަޖޫ ޖަހާ މީހުން ހިމާޔްތް ވެގެންދާނެ ކަމަށެވެ.

އިބްރާހީމް މުހައްމަދު ވިދާޅުވީ، ދީނީ ކަމެއް އެކުލެވޭ އެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ އިސްލާމިކް މިނިސްޓްރީއާއި ފިގްހު އެކަޑަމީއާއި މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.

މި ތުހުމަތާ ގުޅިގެން އިސްލާމިކް މިނިސްޓަރުގެ ބަހެއް ހޯދާލުމަށް ސީއެންއެމް އިން ގުޅުމުން މިނިސްޓަރު ފޯނަށް ޖާވާބު ދެއްވާފައެއް ނުވެއެވެ.

"އިސްލާމިކް މިނިސްޓްރީއާ ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރައްވާފައެއް ނެތް. ފިގްހު އެކަޑަމީގެ ލަފައެއް ނެތް ހޯއްދަވާފައެއް." އިބްރާހީމް މުހައްމަދު

ހަމައެއާއެކު ބިލު ހުށަހެޅާފައިވަނީ މީހަކު އިސްލާމްދީނުގެ ކަަމަކަށް ފާޅުގައި ދެކޮޅަށް އުޅުނަސް އެވާހަކަ ނުދެއްކޭގޮތައް ކަމަށް އިބްރާހީމް މުހައްމަދު ވިދާޅުވިއެވެ. އަދި އޭނަ ވަނީ އެ ބިލު ހުށަހެޅުނު މަގްސަދާ ދޭތެރޭވެސް ސުވާލު އުފައްދަވާފައެވެ.

ހިސާންގެ ބިލު ހުށަހެޅުމުގައި އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯދާފައި ނުވާކަމަށް ތުހުމަތުކޮށްފައިވާއިރު، އެ ބިލާ ދެކޮޅަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕަޓީ އިންވެސް ވަނީ ބަޔާން ނެރެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް