ads
އުރީދޫ ފެންޓަސީ ލީގުން އަގުބޮޑު އިނާމުތަކެއް
އުރީދޫ ޔޫރޯ ފެންޓަސީ ލީގުގައި ބައިވެރިވެގެން ޕީއެސް 5 އެއް ހޯދުމުގެ ފުރުސަތު
ޔޫރޯ 2020 އާ ދިމާކޮށް އުރީދޫއިން "އުރީދޫ ފެންޓަސީ ލީގު"ގެ ނަމުގައި މުބާރާތެއް ފަށައިފިއެވެ.

އުރީދޫއިން ބުނީ މި ފެންޓަސީ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ލީގު ނިމޭއިރު އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެއް ވަނަ އަށް ދާ ފަރާތަކަށް ވީސްޓޯ އޮންލައިންގެ ފަރާތުން ޕްލޭސްޓޭޝަން 5 ބްލޫރޭ އެޑިޝަން ލިބިގެންދާއިރު 2 ވަނަ އަށް ދާ ފަރާތަށް ހައިސެންސް ބައި ރެޑްވޭވް ގެ ފަރާތުން ހައިސެންސް 65 އިންޗީގެ 4ކޭ ކިއުލެޑް ސްމާޓް ޓީވީ އަދި ސައުންޑް ބާ ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

މީގެ އިތުރުން 3 ވަނަ ހޯދާ ފަރާތަށް ސޮނީ ސްޕޯޓްސްއިން އެޑިޑަސް ޔުނިފޯރިއާ-ޔޫރޯ 2020 އޮފިޝަލް މެޗް ބޯޅަ އަދި 1000 ރުފިޔާގެ ގިފްޓް ވައުޗަރު ލިބޭއިރު 4 ވަނައިން ފަށައިގެން 10 ވަނަ ހޯދާ ކޮންމެ ފަރާތަކަށް ސޮނީ ސްޕޯޓްސްއިން 500 ރުފިޔާގެ އަގުހުރި ގިފްޓް ވައުޗާއެއް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ މިއީ އުރީދޫ މޯލްޑިވްސްއިން އިންތިޒާމް ކުރާ ދެވަނަ ފެންޓަސީ ފުޓްބޯޅަ މުބާރާތް ކަމަށެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް އުރީދޫން ވަނީ ފެންޓަސީ މުބާރާތެއް ބާއްވާފައެވެ.

އުރީދޫ ޔޫރޯ ފެންޓަސީ ލީގުގައި ޔޫރޯގައި ބައިވެރިވާ ގައުމީ ޓީމްތަކުގެ ކުޅުންތެރިންތަކެއް އިހްތިޔާރުކުރުމަށް ފަހު ޑްރީމް ޓީމެއް މެނޭޖްކުރުމުގެ ތަޖުރިބާ ހޯދައިދޭއިރު، ގޭމުން ޕޮއިންޓު ލިބޭނީ އެ ޓީމަކަށް ނެގުނު ކުޅުންތެރިން ޔޫރޯ ގައި ދައްކާ ކުޅުމަށް ބިނާކޮށެވެ.

އުރީދޫ ފެންޓަސީ ލީގުގައި ޔުއެފާ ޔޫރޯ 2020 ވެބްސައިޓް އަދި ޔުއެފާ ގޭމްސް އެޕް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް