ads
ސިޔާމް އަދި ހިސާން
ހިސާން "ދަންޖައްސަން ޖެހޭ"ކަމަށް ސިޔާމް ވިދާޅުވާ އޯޑިއޯއެއް އާއްމުވެއްޖެ
ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން "ދަންޖައްސަން ޖެހޭ"ކަމަށް މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވާ އޯޑިއޯއެއް އާއްމުވެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
Advertisement

ހިސާން ދަންޖައްސަން ޖެެހޭކަމަށް ސިޔާމް ވިދާޅުވާ ކަމަށް ބުނެ ދައުރުކުރަމުންދާ މި އޯޑިއޯގައި، އިވެނީ "ހިސާން އަކީ ހަގީގަތުގައިވެސް ދަންޖަައްސަން ޖެހޭ މީހެއް" ކަމަށާއި، "އެކަން ކޮށްގެން ފާފަވެރިވެސް ނުވާނެ" ކަމަށް ވިދާޅުވާ އަޑެެވެ. 

ފަނަރަ ސިކުންތުގެ ކުރު އެއޯޑިއޯކޮޅުގައި އަޑު މާ ސާފު ނުވިނަމަވެސް އެއީ ސިޔާމުގެ އަޑުކަން ޔަގީންވާކަމަށް ވެއެވެ. މައުލޫމާތު ލިބިފައިވާގޮތުން އެއީ މަޖިލީހުގެ ކޮމެޓީއެއްގެ ބައްދަލުވުމެެއް ނިންމާލެއްވުމަށް ފަހު ބޭރަށް ނިކުމެވަޑައިގެން ވިދާޅުވި އެއްޗެކެވެ. 

މިދިޔަ އަހަރާއި މިއަހަރުވެސް މަޖިލީހުގެ ހާޒިރީން އެންމެ ފުލުގައި އަދި އެއްވެސް ގޮތަކަށް ބައިވެރިނުވާ ސިޔާމު ވަނީ ރައީސް ނަޝީދަށް ހައި ސެކިޔުރިޓީއެއް ދެމުންދަނިކޮށް، އެ ސެކިޔުރިޓީ ފޫއަޅުވާލާ މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން 241 ކޮމެޓީން ކުރިއަށް ގެންދާ އިންކުއެރީ ބައްދަލުވުމެއްގައި އިއްޔެ ބައިވެރިވެވަޑައިގަންފައެވެ. 

އެ ބައްދަލުވުމުގައި ޖޭއެސްސީ ހިންގާ ގޮތާ މެދު ވަރަށް ހޫނު ބަހުސްއެއް ކުރިއަށް ގޮސްފައިވާކަމަށް ވެ އެވެ.  

"ހިސާން ދަންޖައްސަން ޖެހޭ" ކަމަށް ސިޔާމް ވިދާޅުވުމާ ގުޅިގެން ވަަރަށް ގިނަ ފާޑުކިޔުންތަކެއް ސިޔާމަށް ދަނީ އަމާޒުވަމުންނެވެ. އެކަމާ ގުޅިގެން ސީއެންއެމްއިން ސިޔާމްގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، ސިޔާމްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. 

"ހިސާން ދަންޖައްސަން ޖެހޭ" ކަމަށް ސިޔާމް ވިދާޅުވެފައިވާއިރު، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ސަރުކާރުގެ ފަރާތުން ހިސާން ހުށަހެޅި ބިލާ ގުޅިގެން ވެސް ބޮޑެތި ފާޑުކިޔުންތަކެއް ހިސާންއަށް ވަނީ ކުރިމަތިވެފައެވެ. އަދި އެކަމާ ގުޅިގެން ބަހުސްތައް ހޫނުވެފައިވާ މިދަނޑިވަޅުގައި، ބައެއް ފަރާތުން އިންޒާރުތައް ވެެސް ހިސާންއަށް ލިބެމުންދާތީ އޭނާގެ ސެކިޔުރިޓީ ވަރުގަދަކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް