ads
މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު އާއި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން
ހިސާން "ދަންޖައްސަން ޖެހޭ"ކަމަށް ބުނެ އާއްމުކޮށްފައިވާ އޯޑިއޯއަކީ އެޑިޓެއް: ސިޔާމް
ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން "ދަންޖައްސަން ޖެހޭ"ކަމަށް މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވާކަމަށް ބުނެ އާއްމުކޮށްފައިވާ އޯޑިއޯއަކީ "އެޑިޓެއް" ކަމަށް ސިޔާމް ވިދާޅުވެއްޖެ އެވެ.

ހިސާން ދަންޖައްސަން ޖެެހޭކަމަށް ސިޔާމް ވިދާޅުވާ ކަމަށް ބުނެ ދައުރުކުރަމުންދާ އެ އޯޑިއޯގައި، އިވެނީ "ހިސާން އަކީ ހަގީގަތުގައިވެސް ދަންޖަައްސަން ޖެހޭ މީހެއް" ކަމަށާއި، "އެކަން ކޮށްގެން ފާފަވެރިވެސް ނުވާނެ" ކަމަށް ވިދާޅުވާ އަޑެެވެ. 15 ސިކުންތުގެ ކުރު އެއޯޑިއޯކޮޅުގައި އަޑު މާ ސާފު ނުވެއެވެ. 

މިދިޔަ އަހަރާއި މިއަހަރުވެސް މަޖިލީހުގެ ހާޒިރީން އެންމެ ފުލުގައި އަދި އެއްވެސް ގޮތަކަށް ބައިވެރިނުވާ ސިޔާމު ވަނީ ރައީސް ނަޝީދަށް ހައި ސެކިޔުރިޓީއެއް ދެމުންދަނިކޮށް، އެ ސެކިޔުރިޓީ ފޫއަޅުވާލާ މިދިޔަ މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން 241 ކޮމެޓީން ކުރިއަށް ގެންދާ އިންކުއެރީ ބައްދަލުވުމެއްގައި އިއްޔެ ބައިވެރިވެވަޑައިގަންފައެވެ. 

އެ ބައްދަލުވުމުގައި ޖޭއެސްސީ ހިންގާ ގޮތާއިމެދު ވަރަށް ހޫނު ބަހުސެއް ކުރިއަށް ގޮސްފައިވެއެވެ. 

އެކަމާއި ގުޅޭގޮތުން ސިޔާމުގެ ބަހެއް ހޯދާލުމަށް ސީއެންއެމްއިން ގުޅާލުމުން ފުރަތަމަ ފޯނަށް ޖަވާބެއް ނުދެއްވާތީ އެކަން ސާފުވާގޮތެއް ނުވިއެވެ. އެހެންނަމަވެސް އޭގެފަހުން ސީއެންއެމްއަށް އެކަމާއި ގުޅިގެން ސިޔާމް ވިދާޅުވީ، އެއީ ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށާއި އެއީ އެޑިޓެއް ކަމަށެވެ.

" އެއީ އެޑިޓްކޮށްގެން ދެއްތޯ، އޯޑިއޯއެއް އެޑިޓްކުރެވިދާނެ ދެއްތޯ ކޮންމެ މީހަކަށްވެސް، އޭގެ އިވެޔެއްނޫންތޯ ޕީއްޕީއް ލާފަ އެހާ ސާފެއްވެސް ނޫނެއް ނޫންތޯ އެއްޗެއް" ސިޔާމް ވިދާޅުވިއެވެ.

"ހިސާން ދަންޖައްސަން ޖެހޭ" ކަމަށް ސިޔާމް ވިދާޅުވުމާއި ގުޅިގެން ވަަރަށް ގިނަ ފާޑުކިޔުންތަކެއް ސިޔާމަށް ދަނީ އަމާޒުވަމުންނެވެ. 

ސިޔާމް ވިދާޅުވީ، މަޖިލީހުގެ ކޮމެޓީގައި ދެބަސްވުމެއް ދިޔަކަމަށާއި، އެއީ އާއްމުކަމެއް ކަމަށެވެ. އެގޮތަށްދާ ބަހުސްތަކުގައި މަޖިލީހުގެ ކޮމެޓީތަކުގައި އެންމެންވެސް ވާހަކަ ދައްކަނީ ނުރަނގަޅަށް ކަމަށާއި، އެހެންނަމަވެސް މީހަކަށް އަނިޔާއެއް ދިނުމުގެ ނިޔަތުގައި ވިދާޅުވި އެއްޗަކަށް އެ ނުވާނެ ކަމަށެވެ. އެހެންކަމުން ދައުރު ކުރަމުންދާ އޯޑިއޯއަކީ އެއްވެސް އަސްލެއް ނެތް އެޑިޓެއް ކަމަށް ސިޔާމް ވިދާޅުވިއެވެ. 

"ހިސާން ދަންޖައްސަން ޖެހޭ" ކަމަށް ސިޔާމް ވިދާޅުވެފައިވާ ކަމަށް ބުނެ އޯޑިއޯއެއް ދައުރުވަމުންދާއިރު، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ސަރުކާރުގެ ފަރާތުން ހިސާން ހުށަހެޅި ބިލާއިގުޅިގެންވެސް ބޮޑެތި ފާޑުކިޔުންތަކެއް ހިސާންއަށް ވަނީ ކުރިމަތިވެފައެވެ. އަދި އެކަމާއި ގުޅިގެން ބަހުސްތައް ހޫނުވެފައިވާ މިދަނޑިވަޅުގައި، ބައެއް ފަރާތްތަކުން އިންޒާރުތައް ވެެސް ހިސާންއަށް ލިބެމުންދާތީ އޭނާގެ ސެކިޔުރިޓީ ވަރުގަދަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް