ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ޔޫންއެން ޖެނެރަލް އެސެމްބްލީގެ ރައީސްކަން ޝާހިދަށް: ތާރީހީ ކާމިޔާބެއް
އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމުގެ ގޮނޑި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކާމިޔާބު ކުރައްވައިފި އެވެ.

މިއީ ރާއްޖޭޭގެ މުޅި ތާރީހުގައިވެސް އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމުގެ ގޮނޑި ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ. 

މިނިސްޓަރު ޝާހިދު މި ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ، އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއާ ވާދަ ކުރައްވައެވެ. 

އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މިރޭ ބޭއްވި އިންތިހާބުގައި މިނިސްޓަރު ޝާހިދު، އެ ގޮނޑި ކާމިޔާބު ކުރެއްވީ 193 މެމްބަރު ގައުމުގެ ތެރެއިން 143 ގައުމުގެ ތާއީދާއެކުއެވެ. ރަސޫލްއަށް ލިބިވަޑައިގަތީ 48 ގައުމުގެ ވޯޓެވެ.

އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ކަމަށް މިނިސްޓަރު ޝާހިދު އައްޔަން ވެގެންދިޔުމާއިއެކު މިއީ ރާއްޖޭގެ ތާރީހުގައިވެސް އަދި މިނިސްޓަރެއްގެ ހައިސިއްޔަތުންވެސް އެމަނިކުފާނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަށް ވާނެއެެވެ. 

އދ.ގެ އާއްމު މަޖިލީހުގެ ރައީސްއަަކަށް ލިބިދޭ ބާރުތަކުގެ ތެރޭގަައި، ޖަލްސާތަކުގެ ރިޔާސަތު ބަލެހެއްޓެވުމާއި، ބަހުސްތަކުގެ ވަގުތު ކަނޑައެޅުން، އަދި މައްސަލަތަކުގެ އެޖެންޑާ ކަނޑައެޅުމުގެ އިތުރުން ނިޒާމީ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރުވެސް ލިބޭނެއެވެ. 

މިއަހަރުގެ ސެޕްޓެމްބަރު މަހު ފެށޭ އދ.ގެ އާއްމު މަޖިލީހުގެ އާ ދައުރާއިއެކު، އެ މަޖިލީހުގެ ރައީސެއްގެ ހައިސިއްޔަތުން މިނިސްޓަރުގެ ދައުރު ފެށިގެން ދާނެއެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް