ads
ނައިފަރު ދާއިރާ ގެ މެމްބަރު އަހުމަދު ސިޔާމް
ކޮންސިއުލޭޓް ހެދުމުގައި ފޮރުވިފައިވާ ސިއްރުތަކެއް އެބަވޭ: މެމްބަރު ސިޔާމް
އައްޑޫގައި ކޮންސިއުލޭޓް ހެދުމުގައި ފޮރުވިފައިވާ ސިއްރުތަކެއް އެބަހުރިކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
Advertisement

ސީއެންއެމް ގެ "އިތުރުކާފު" ގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާ ގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވެފައިވަނީ މިކަމަކީ ހަމައެކަނި އައްޑޫ ސިޓީއާއި ގުޅުން ހުރި ކަމެއް ނޫން ކަމަށާއި މިއީ ދިވެހިރާއްޖޭ ގެ ހުރިހާ ރައްޔިތުންނާއި ވެސް ގުޅުން ހުރި ކަމެއް ކަމަށެވެ. 

ސިޔާމް އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގައި ކޮންސިއުލޭޓެއް އެޅުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. 

ފޮރުވިފައިވާ ކަންކަމާއި ބެހޭ ގޮތުން ސުވާލު ކުރުވުމުން ޝިޔާމް ވިދާޅުވީ އައްޑޫ ކޮންސިއުލޭޓޭއް ބޭނުން ކުރާނެ ގިނަ އިންޑިޔާ ގެ ރައްޔިތުންތަކެއް ނެތްކަމަށެވެ. ނަމަވެސް ކޮންސިއުލޭޓެއް އަޅަން ނިންމާފައިވުމުން އައްޑޫގައި ގިނަ އަދަދެއް ގެ އިންޑިޔާ ރައްޔިތުންތަކެއް ވަޒަންވެރި ކުރުމުގެ ވިސްނުން އޮތުމެގެ ފުުރުސަތު ބޮޑު ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

 މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި އިންޑީޔާގެ ސިފައިން އެކި ނަންނަމުގައި ތިބުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމަށް ވެސް ޝިޔާމް ފާހަގަ ކުރެެއްވިއެވެ. މިކަމަކީ ދިވެހިން ކަހަލަ ކުޑަކުޑަ ގައުމެއް ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭނެ ކަމެއްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

25 މޭ ގައި އިންޑިޔާގައި އޮތް ކެބިނެޓް ބައްދަލުވުމެއްގައި އައްޑޫ ސިޓީ ގައި އިންޑިޔާ ގެ ކޮންސިއުލޭޓެއް ގާއިމު ކުރުމަށް ވަނީ ނިންމާފައިއެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;